ފަޒުލްގެ އެޕާރޓްމަންޓުން ތަހުގީގަށް އިލެކްޓްރޯނިކްސް ސާމާނު ގެންދިޔައިން- ފުލުހުން
ބޯޑް މެމްބަރުންގެ ސަސްޕެންޝަން ވަނީ އުވާލާފަ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ އެޕާރޓްމަންޓުން ތަހުގީގުގެ ބޭނުމަށް އިލެކްޓްރޯނިކް ސަމާނު ގެންދިޔަކަމަށް ފުލުހުން ބުނެފިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން އުސޫލުން ބޭރުން ބިންތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އެކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ދިރިއުޅުއްވާ ގެ ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސްކޮށްފައެވެ. ތަހުގީގު ފެށިތާ ދިން ދުވަސް ފަހުން އެ ގެއަށް ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަނީ ރޭގެ ވަގުތެއްގައެވެ.
މިއަދު މީޑިޔާއަށް މައުލޫމާތުދެމުން ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އޭގެތެރެއިން ފުލުހުން ފާހަގަކުރެއްވީ އިލެކްޓްރޯނިކް ސާމާނެވެ.
ފަޒުލް މަގާމުން އިސްތިއުފާ ދެއްވީ އެމައްސަލައިގެ ތަހުގީގަށް ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ. ފަޒުލްގެ އިތުރުން އެޗްޑީސީގެ ބޯޑް ޗެއަރމަން ފިޔަވާ އެހެން ބޭފުޅުން ސަސްޕެންޑް ކުރިއެވެ. ނަމަވެސް ބޯޑްގެ އެހެން މެމްބަރުންގެ ސަސްޕެންޝަން މިއަދު ވަނީ އުވާލާފައެވެ. އެކުންފުނީގެ ބޯޑް މެމްބަރުންގެ ސަސްޕެންޝަން އުވާލާފައި މިވަނީ އާ މެނޭޖިންގ ޑިރެކްޓަރެއްވެސް ކުންފުންޏަށް އައްޔަން ކުރެއްވުމަށްފަހު އެވެ.
އެޗްޑީސީގެ އާ މެނޭޖިންގ ޑިރެކްޓަރަކީ ކުރީގެ މިނިސްޓަރ މައުރޫފް ޖަމީލެވެ.
ރިއެކްޝަންސް