
ސައިކަލެއް ވަގަށް ނަގައިގެން ދުއްވި ދެ މީހަކު ހައްޔަރުކޮށްފި
ސައިކަލެއް ވަގަށް ނަގައިގެން ދުއްވި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހު ފުލުހުން މަގުތައް ޕެޓްރޯލް ކުރަމުން ދިއުމުގެ ތެރޭގައި، އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި މި މީހުން ހުއްޓުވާ ބަލައި ފާސްކޮށްފައި ވަނީ ހުޅުމާލެ ދިއްގާމަގު، ބީޗް ކުލަބު ކައިރިންކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ހައްޔަރުކުރެވުނު ދެ މީހުންނަކީ:
1. ލ. މާވަށް / ގްލޯރީ، އަހުމަދު ވިސާން (30 އަހަރު)
2. ގދ. ގައްދޫ / ބުލާޝަމްއާގެ، މުޙައްމަދު ޢަޠީފް (48 އަހަރު)
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައިގެ ތަޙުޤީޤު އެ އިދާރާއިން އިތުރަށް ކުރިއަށް ގެންދަވާކަމަށެވެ.
ރިއެކްޝަންސް






