ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް ތަސްދީޤު ނުކުރައްވާ، އަލުން ވިސްނެވުމަށް ފޮނުއްވާލައްވައިފި
ސްޕްރީމް ކޯޓް

ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް ތަސްދީޤު ނުކުރައްވާ، އަލުން ވިސްނެވުމަށް ފޮނުއްވާލައްވައިފި

1 year ago - 21:28
Mar 11, 2025 - 21:28
Advertisement
Advertisement

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް  ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެބިލް މަޖިލިހަށް އަނބުރާ ފޮނުއްވާލައްވައިފިއެވެ.

އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް،  އެބިލް ފޮނުއްވާލެއްވީ ބިލާ މެދު ގިނަބައެއްގެ ކަންބޮޑުވުން ފާޅުކުރަމުން ދާތީއެވެ. އެބިލް އަނބުރާ ފޮނުއްވާލެއްވުމަށް ބާ ކައުންސިލުންވެސް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލެއްވިއެވެ. އެކަމަށް އެދިވަޑައިގެން ސިޓީއެއްވެސް ފޮނުއްވިއެވެ.

މިބިލަކީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 7 ން 5 އަށް މަދުކުރަން ހިމަނުއްވާ ފާސްކުރައްވާފައިވާ ބިލެކެވެ.

މި ބިލަކީ، މި އަހަރުގެ ފެބްރުއަރީ 26 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ފާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement