ގެސްޓްހައުސްއެއްގެ ކޮޓަރީގައި ޒަޚަމްތަކަކާއެކު އޮތް ޒުވާނަކު ފެނިއްޖެ
ފުލުހުން ދަނީ ސީންގައި ހަރަކާތްތެރި ވަމުން

ގެސްޓްހައުސްއެއްގެ ކޮޓަރީގައި ޒަޚަމްތަކަކާއެކު އޮތް ޒުވާނަކު ފެނިއްޖެ

ފަރުވާދެނީ އައިސީޔޫގައި

10 days ago - 10:22
Sep 9, 2024 - 11:32
Advertisement

ގެސްޓްހައުސްއެއްގެ ކޮޓަރީގައި ޒަޚަމްތަކަކާއެކު އޮތް ޒުވާނަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ ޒަޚަމްތަކަކާއެކު އޮއްވާ ފެނުނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. 

ފުލުހުން ބުނީ އެމީހާ މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ އަށް ފަރުވާދެނީ އައިސީޔޫގައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ސީންގައި މިވަގުތު ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެމީހާ ފެނުނީ ހެންވޭރު ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި ދިރިއުޅޭ މީހެއްގެ ޚަބަރެއް ނުވެގެން ގޮސް ބެލިބެލުމުން ކަމަށެވެ.

Advertisement

ޚަބަރެއް ނުވެގެން ގޮސް ފުލުހުން ބެލީ އެފަދަ މައުލޫމާތެއް ލިބިގެން ކަމަށް ބުންޏެވެ. 

މިފަދަ ހާދިސާތައް ތަކުރާރުވުން އާއްމުވެ، މާލެ ވަނީ ބިރުވެރި ތަނަކަށް ބަދަލުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement