ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ސިނގިރޭޓްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެސްގޮސްފި
ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ސިނގިރޭޓްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، އެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެކި ބުރޭންޑްތަކުގެ ސިނގިރޭޓް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަންގައި މާލެ، ގަލޮޅު ގެއަކާއި ހުޅުމާލެ ފޭސް 2 އަމާން ދޯދި އެޕާޓްމަންޓަކާއި، ވޭންއެއް ބަލައިފާސްކޮށް 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހިމެނޭ ވޭން ވަނީ ޓޯކޮށްފައިކަމަށާއި، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއްނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރިއެކްޝަންސް





