މިނިވަންކަން ހިމާޔަތްކުރުމާ ގުޅޭ މަޝްރޫޢުތަކަށް އިންވެސްޓްކުރެވޭ އަދަދު 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
ރާއްޖޭގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ރޭވިފައިވޭ / ފޮޓޯ:ވީއައިއޭ

މިނިވަންކަން ހިމާޔަތްކުރުމާ ގުޅޭ މަޝްރޫޢުތަކަށް އިންވެސްޓްކުރެވޭ އަދަދު 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި

12 months ago - 20:36
Advertisement
Advertisement

ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، ސުލްހަ ގާއިމްކުރަން ހިންގާ މަޝްރޫޢުތަކަށް އިންވެސްޓްކުރަންޖެހޭ އަދަދު 100 މިލިއަން ޑޮލަރަށް (1.5 ބިލިއަން ރުފިޔާ) މިއަދު ބޮޑުކޮށްފިއެވެ.

ޓޫރިޒަމްގެ ގާނޫނުގެ ދަށުން، ދައުލަތުގެ އާންމު މަންފާއަށް ހިންގާ މަޝްރޫޢުތަކަށް އިންވެސްޓްކުރަންޖެހޭ އެންމެ މަދު މިންވަރު ކަނޑައެޅުމަކީ ރައީސްގެ ޒިންމާއެކަށްވާ އިރު ރައީސް އޮފީހުން ވިދާޅުވީ ކުރިން މި އަދަދު އޮތީ 15 މިލިއަން ޑޮލަރުގައި ކަމަށެވެ.

ރައީސް މިއަދު މި ނެރުއްވި ގަރާރާއި ގުޅޭގޮތުން ރައީސް އޮފީހުން އިތުރަށް ވިދާޅުވީ އެއާޕޯޓްތައް އެޅުމާއި ހައުސިންގ މަޝްރޫޢުތައް ހިންގުމާއި ބިން ހިއްކުން ފަދަ ކަންކަމަށްވެސް މި ގަރާރުގެ ދަށުން އިންވެސްޓްކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement