ރާއްޖޭގައި މިހާތަނަށް 110 ކަނދުފަތި ޤާއިމުކޮށްފި: މިދިޔަ މަހު އެކަނިވެސް 10 ސަރަޙައްދެއްގައި އެޅި

ރާއްޖޭގައި މިހާތަނަށް 110 ކަނދުފަތި ޤާއިމުކޮށްފި: މިދިޔަ މަހު އެކަނިވެސް 10 ސަރަޙައްދެއްގައި އެޅި

2 hours ago - 10:23
Advertisement
Advertisement

ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި، މަސްވެރިންނަށް ލުއިފަސޭހަ މަގުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ މަޝްރޫޢުގެ ދަށުން، މިހާތަނަށް މުޅި ރާއްޖޭގައި 110 ކަނދުފަތި ޤާއިމުކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާތަނަށް އަޅާފައިވާ ކަނދުފަތިތަކުގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަ 56 ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ އަދި ފަރު މަސްވެރިކަމަށް ޚާއްސަ 54 ވަދު ކަނދުފައްޗެވެ. މިނިސްޓްރީން ވިދާޅުވީ، މިއީ މީގެ ކުރީގެ އެއްވެސް ވެރިކަމެއްގައި ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރެއް ކަމަށާއި، މިދިޔަ އަހަރު އެކަނިވެސް ސަރުކާރުން ވަނީ އަލަށް 44 ވަދު ކަނދުފަތި އަޅާފައެވެ.

މީގެ އިތުރުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކަނިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 10 ކަނދުފައްޗެއް ވަނީ އަލަށް އަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަ 9 ކަނދުފައްޗާއި، ވަދު މަސްވެރިކަމަށް ޚާއްސަ 1 ކަނދުފައްޗެވެ.
މިދިޔަ މަހު ކަނދުފަތިތައް ޤާއިމުކުރި ސަރަޙައްދުތަކަކީ:

ގއ. ދާންދޫ އިރުން 16 މޭލު ބޭރުގައި
ގދ. ގައްދޫ ދެކުނުން 14 މޭލު ބޭރުގައި
ޏ. ފުވައްމުލަކު އިރުން 10 މޭލު ބޭރުގައި
ސ. ވިލިނގިލީ އިރުން 15 މޭލު ބޭރުގައި
ސ. ހިތަދޫ ހުޅަނގު އުތުރުން 13 މޭލު ބޭރުގައި
މ. މުލަކު އިރު ދެކުނުން 13 މޭލު ބޭރުގައި
މ. ދިއްތުނޑީ އިރު ދެކުނުން 16 މޭލު ބޭރުގައި
ތ. ގުރައިދޫ އިރު ދެކުނުން 9 މޭލު ބޭރުގައި
ލ. މާބައިދޫ އިރުން 11 މޭލު ބޭރުގައި
ގއ. މާމުޓާ އިރުން 12 މޭލު ބޭރުގައި

ކަނދުފައްޗަކީ ދިވެހި މަސްވެރިންގެ އާންމު ދިރިއުޅުމާއި، މަސްވެރިކަމުގެ ޚަރަދު ކުޑަކުރުމާ ސީދާ ގުޅިފައިވާ ވަސީލަތަކަށްވާތީ، ކަނދުފަތިތައް ކަނޑައިގެންދާ ހާލަތްތަކުގައި ވީ އެންމެ އަވަހަކަށް އެ ތަންތަން މަރާމާތުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެކެވެ.

އަދި އޮއިވަރާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނދުފަތިތައް އަވަހަށް ކަނޑައިގެން ދިއުމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އާ ގުޅިގެން ކަނދުފަތީގެ ޑިޒައިނަށް ޒަމާނީ މުހިންމު ބަދަލުތަކެއް ގެނެސްގެން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement