ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި ތަޅުދަނޑި ހަވާލުކުރާނީ 2028 ގައި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި ތަޅުދަނޑި ހަވާލުކުރާނީ 2028 ގައި

1 hour ago - 12:10
Advertisement
Advertisement

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތަރައްޤީކުރާ ފްލެޓްތައް ނިންމައި، އޭގެ ތަޅުދަނޑި ހަވާލުކުރާނެ އަހަރަކީ 2028 ވަނަ އަހަރު ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.


ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ، އަގުހެޔޮކޮށް ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން 1000 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެއި ނުވަތަ ޖޫން މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.


މި ސިޔާސަތުގެ ދަށުން ފްލެޓްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ މައިގަނޑު ދެ މޮޑެލްއަކަށެވެ. އެއީ އަގުހެޔޮކޮށް ފްލެޓް ގަނެވޭ "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލް އަދި މަހުން މަހަށް ކުލި ދައްކައި ނިންމައިގެން މިލްކުވެވޭ "ރެންޓް-ޓު-އޯން" މޮޑެލްއެވެ.


ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ އިމާރާތްކުރުމުގެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ނާޒިމް ފާހަގަކުރެއްވި ގޮތުގައި، އަންނަ މަހުގެ ނިޔަލަށް ޝަރުތު ހަމަވާ ކުންފުނިތަކަށް ބިން ހަވާލުކުރެވޭނެ ކަމަށް އުންމީދު ކުރެވެއެވެ.

Advertisement
Advertisement


މި މަސައްކަތް ތާވަލުކޮށްފައިވާ ގޮތުގެ ތަފްސީލް ހިއްސާކުރައްވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ، މި ދައުރުގެ ތެރޭގައި 2028 ވަނަ އަހަރުގެ ޖޫން މަހަށް ބީއެމްއެލް އިން ތަރައްގީ ކުރާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި އެފޯޑަބަލް ހޯމް އޯނަޝިޕް ސްކީމްގެ 1000 ހައުސިން ޔުނިޓްގެ މަސައްކަތް 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ނާޒިމް އިތުރަށް ވިދާޅުވީ، 2028 ވަނަ އަހަރަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ލިބޭ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވި، ބޯހިޔާވަހިކަމުގެ އުފާވެރިކަން ލިބިގެންދާނެ އަހަރެއް ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement