ގާނޫނުއަސާސީގައި ބުނާ މުއްދަތު ފަހަނަ އަޅައިދާތީ ކަންބޮޑުވޭ : އީސީ

ގާނޫނުއަސާސީގައި ބުނާ މުއްދަތު ފަހަނަ އަޅައިދާތީ ކަންބޮޑުވޭ : އީސީ

ރައްޔިތުންގެ މަޖިލީސް އިންތިހާބު ރޯދަމަހަށް ފަހު ބާއްވަނަމަ ގާނޫނުއަސާސީގައި ބުނާ މުއްދަތު ފަހަނަ އަޅައިދާތީ ކަންބޮޑުވާ ކަމަށް އީސީ އިން ހާމަށް ކޮށްފި

7 months ago - 08:42
Feb 7, 2024 - 11:47
Advertisement

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރޯދައިގެ ފަހުން އިތުރު 10 ދުވަސް ވަންދެން މަޑު ކުރާނަމަ ގާނޫނުއަސާސީގައި ބުނާ މުއްދަތު ފަހަނަ އަޅައިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ބުނާ ގޮތުން އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުންނެވެ.

ގާނޫނުއަސާސީގައި ބުނެފައި ވަނީ މިހާރު ހިނގަމުންދާ މަޖިލިސް މެންބަރުންގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އިންތިހާބު ބާއްވައި އާ މެންބަރުން އިއުލާންކޮށް ހުރިހާ ކަމެއް ނިންމަން ޖެހެ އެވެ.

"ބިލުގައި ރޯދަ މަސް ނިމިގެން 10 ދުވަސް އޮތީމަ ގާނޫނުއަސާސީގައި ބުނާ 30 ދުވަހުގެ މުއްދަތު ކިރިޔާ ލިބެނީ. ވޯޓު ގުނައި ނަތީޖާ އިއުލާން ކުރަން ހަ ދުވަސް ލިބޭނީ. ހަތް ދުވަސް ނުވެސް ލިބޭނެ." ހަބީބް ވިދާޅުވި އެވެ.

Advertisement

އޭނާ ވިދާޅުވީ 10 ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް މުއްދަތު ބަދަލު ކޮށްލަން ޖެހޭ ކަމަށެވެ. އޭރުން ކޯޓަށް ދާން ޖެހުނަސް ނުވަތަ މެންބަރުންތަކެއްގެ ނަތީޖާ އެއްވަރު ވިޔަސް އިންތިހާބު ބޭއްވުމަށް ފަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން އިތުރު 10 ދުވަސް މަޑުނުކޮށް ބާއްވަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވަރަށް ގިނަ ދިވެހިން ރޯދަ މަހަށް ފަހު ހަ ރޯދަ ވެސް ހިފާތީ އެ މުއްދަތު 15 ދުވަސް ފަހަށް ބަދަލު ކޮށްލުމަށް ވެސް އެދިފަ އެވެ.

ހަބީބް ވިދާޅުވި ގޮތުގައި އިތުރަށް ފަސް ކުރާ ވަރަކަށް އީސީން ކުރަން ޖެހޭ ކަންކަން އިތުރުވާނެ ކަމަށާއި 18 އަހަރު ފުރޭ ފަރާތްތައް ހިމެނުމާއި ރީރަޖިސްޓްރޭޝަނަށް ވެސް އަލުން ހުޅުވާލަން ޖެހިދާނެ ކަމަށެވެ.

އީސީން ފުރަތަމަ ހުށަހެޅީ ރޯދަ މަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމާލެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement