ފްލެޓްތައް އަވަހަށް ދޫކުރަން ގޮވާލަ މަޖިލީހަށް ކުއްލި މައްސަލައެއް

ފްލެޓްތައް އަވަހަށް ދޫކުރަން ގޮވާލަ މަޖިލީހަށް ކުއްލި މައްސަލައެއް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކުގެ ތެރެއިން މައްސަލައެއް ނެތް ފްލެޓްތައް ވީއެންމެ އަވަހަކަށް ހަވާލުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

7 months ago - 11:56
Feb 7, 2024 - 15:07
Advertisement

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކުގެ ތެރެއިން މައްސަލައެއް ނެތް ފްލެޓްތައް ވީއެންމެ އަވަހަކަށް ހަވާލުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ..

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްﷲ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ އެކި ސަބަބުތަކާ ހުރެ ފްލެޓްތައް ދިނުން ލަސްވުމަކީ އޭގެ ސަބަބުން އެތައް ގެއްލުމެއްވާ ކަމެއް ކަމަށާއި އޭގެ ތެރޭގައި ކުދިކުދި ތަންތަން ކޮޅުގައި ދިރިއުޅުން ޖެހިފައިވާ އަދި އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ހަރަދުކުރާ މީހުން ހިމެނޭ ކަމަށެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އީވާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ އަދިވެސް ހައްލުނުވެ އޮތް މުހިއްމު މައްސަލައެއް ކަމަށްވާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓު ލިބިފައިވާ ކަމަށް އާންމުކުރި ދާއިމީ ލިސްޓު ނެރުން ވެގެން ދިޔައީ އެތައް ހާސް އާއިލާއަކަށް ރީތި ސާދާ ފޮނި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ އުންމީދަކަށް ކަމަށެވެ.

"އާއިލާގެ ހުރިހާ މެންބަރުންނާ އެކު ކުދިކުދި ތަންތަނުގައި ދިރިއުޅެންޖެހިފައިވާ އެތަކެއް އާއިލާތަކެއް އެބަތިބި،" މައްސަލަ ހުށަހަޅުއްވަމުން އިދިކޮޅު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އީވާ ވިދާޅުވިއެވެ..

Advertisement

މި މައްސަލައިގައި ފުލެޓުތައް ދީފައިވާ ގޮތާ މެދު ގިނަ ޝަކުވާތަކެއް ހުށަހެޅި އޭސީސީން އެ ކަމުގެ ތަހުގީގެއް ހިންގާފައިވާއިރު، ފުލެޓު ލިބުމުގެ ޝަރުތުހަމަވާ، އެއްވެސް މައްސަލައެއް ނެތް ހައްގުވެރިންނަށް ލަސްކުރުމަކައިނުލާ ފުލެޓުތައް ދޫކުރަން އީވާ ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

އޭސީސީން ބުނީ، ފުލެޓު ލިބުނު މީހުންގެ ތެރޭގައި ދޮގު މައުލޫމާތު ދީގެން ފުލެޓަށް ޝަރުތު ހަމަވީ މީހުން ވެސް ހިމެނޭ ކަމަށެވެ.

އެ މައްސަލައިގައި ދެން އަމަލުކުރާނެ ގޮތެއް ނިންމާނީ މިނިސްޓްރީން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement