
ތަހުޤީގަށް ބޭނުންވާ ތަޙްލީލުތައް ކުރުމަށް އަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެންނަނީ
ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ވަނީ ނިންމާފައި
ރޭ އއ. މާޅުހުގައި އަނިޔާވެރިކޮށް މަރާލާފައި އޮށްވާ ފެނުނު އެރަށު ޢަބުއްރަޙްމާން އާދަމްގެ ހަށިގަނޑު މާލެ ގެނައުމަށް ނިންމާފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންބުނީ ތަޙްޤީގަަށް ބޭނުންވާ ތަޙްލީލުތައް ހެދުމަށް ހަށިގަނޑު މާލެ ގެނައުމަށް ނިންމާފައިވާ ކަމަށާއި ޢަބްދުއްރަހްމާން އާދަމްގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށްވެސް ނިންމާފައިވާ ކަމަށެވެ.
65 އަހަރުގެ ޢަަބްދުއްރަހްމާން މަރާލާފާއި އޮތީ އޭނާ ދިރިއުޅޭމުންދިޔަ އެރަށު މާހިޔާ ގޭގައި އޭނާ ނިދާފައި އޮށްވައެވެ. އެގޭގައި އޭނާގެ އިތުރުން ދިރިއުޅެނީ އޭނާގެ އަންހެނުންނެވެ.
އޭނާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަމަށާއި, "ބޯ އޮތީ އެއްކޮށް ޗަސްކޮށްލާފައި" ކަމުގައި ހާދިސާއާ ގުޅިގެން އެރަށުން ވާހަކަދެއްކި މީހަކު ބުނެފައި ވެއެވެ. ފުލުހުންގެ ޓީމެއް އެރަށަށްގޮސް މިހާރު އަންނަނީ މައްސަލަ ތަޙްގީގު ކުރަމުންނެވެ.
އޭނާއަށް ހަމަލާދީ މަރާލީ ކޮންބައެއްކަން ނޭނގުނު ކަމުގައި ވިއަސް އޭނާއާ މެދު ނުރުހޭ މީހުން އެރަށުގައި ގިނަކަމަށްވެސް އެރަށުން ވާހަކަދެއްކި މީހާ ބުނެފައި ވެއެވެ. ޢަބަދުއްރަޙްމާން މަރުވީ ރޭ ފަތިހު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ރިއެކްޝަންސް






