އަމިއްލަ މީޑިޔާ ތަކުން ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން: ފޮޓޯ-ރައީސް އޮފީސް

އަމިއްލަ މީޑިޔާ ތަކުން ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

8 months ago - 12:15
Aug 27, 2025 - 12:15
Advertisement
Advertisement

އަމިއްލަ މީޑިޔާ ތަކުން ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް, އިންފޮރމޭޝަން އެންޑް އާރޓްސް އިން އެފުރުޞަތު ހުޅުވާލީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށެވެ. ފުރުޞަތު ހުޅުވާލީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށެވެ.

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިޔާ ތަކަށް މާލީ އެހީތެރިކަން ދިނުމުވެ އުސޫލު ސަރުކާރުން ޢާއްމުކުރެއްވީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އަމިއްލަ މީޑިޔާތަކަށް ދައުލަތުން ދެނީ ބަޖެޓްގެ އަންދާޒާ ކުރެވޭ ރެވެނިއުގެ 0.1 އިންސައްތައެވެ. ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިޔާތަކަށް ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ފައިސާ ދެނީ ޢާއްމުކުރި އުސޫލުގެ ތެރެއިން ޝަރުތު ހަމަވާ އަދި ކަނޑައެޅޭ އަދަދަށް ޕޮއިންޓް ލިބޭ މީޑިޔާތަކަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement