މާފުށި ދެވަނަ ބުރަށް, ފުވައްމުލަކަށް ރެކޯޑް!
ފުވައްމުލައް ސިޓީ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ސިޑިބަރި

މާފުށި ދެވަނަ ބުރަށް, ފުވައްމުލަކަށް ރެކޯޑް!

4 months ago - 06:15
Dec 5, 2024 - 06:17

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެވަނަ ބުރުން މާފުށި ޖާގަ ހޯދިއިރު, ފުވައްމުލައް ސިޓީން ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފިއެވެ.

ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ނިކުއިންއިރުވެސް ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރު ޔަގީންވެފައި އޮތް ފުވައްމުލައް ސިޓީން ގްރޫޕް ސްޓޭޖްގެ ފަހު މެޗު ކާމިޔާބުކުރީ ފަރެސްމާތޮޑާއާ ވާދަކޮށް 5-0 ނެވެ. މެޗުގައި ފުވައްމުލަކުން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާ ހެޓްރިކް ހެދީ ފުވައްމުލައް ސިޓީގެ ކޯޗު ޞޮބާހުގެ އިރުޝާދުގެ ދަށުން ދެވަނަ ޑިވިޝަންގައި ވިދާލި ފޯވާޑް ކޯފީއެވެ.

ފުވައްމުލަކަށް ލީޑް ލިބުނީ ފުރަތަމަ ހާފްގައި އަހުމަދު ޝުއައިބު އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ކޯފީ ހެޓްރިކް ހެދިފަހުން, ފުވައްމުލަކުގެ ފަހު ލަނޑު ޖެހީ މުހައްމަދު އިޔާސް އަހުމަދެވެ

މިގްރޫޕުން ދެވަނަ ބުރުގެ ފުރުޞަތެއް ފަރެސްމާތޮޑާއަކަށް ނެތެވެ. ދެން އޮތް ދެޖާގައަށް ވާދަކުރަނީ ދ.މީދޫ އާއި ދ.ކުޑަހުވަދޫ އާއި ހއ.ދިއްދޫ އެވެ.

Advertisement
Advertisement

މުބާރާތުގެ ގްރޫޕް ޑީން ދެވަނަ ބުރުގެ ފަހު ޖާގަ ހޯދީ މާފުށްޓެވެ. ގްރޫޕްގެ ތިންވަނަ ޓީމްގެ ގޮތުގައި މާފުށި ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނަ އަލިފުށި ބަލިކޮށްގެންނެވެ. ބަލިނުވެއްޖެ ނަމަ ދެވަނަ ބުރުގެ ފުރުޞަތު އޮތް މެޗު މާފުށިން ކާމިޔާބުކުރީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑަކީ އަލިފުށި ކީޕަރު ހަދިޔާކުރި ބޯޅައަކުން އިސްމާއީލް ނަޒީހު ކާމިޔާބުކުރި ލަނޑެކެވެ.

މާފުށި ދެވަނަ ބުރަށް ދަތުރުކުރީ 4 ޕޮއިންޓާއެކުއެވެ. އެމީހުން ބަލިވީ ނައިފަރު އަތުންނެވެ. ގްރޫޕްގެ އެއްވަނަ ހޯދި އަލިފުށި ހަ ޕޮއިންޓް ހޯދީ ކެންދޫ އާއި ނައިފަރު ބަލިކޮށްގެންނެވެ. ނައިފަރު ވަނީ ކެންދޫ އާއި މާފުށި ބަލިކޮށްފައެވެ. އަލިފުށްޓަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ކެންދޫ އަށް ލިބުނޫ މާފުށްޓާ އެއްވަރުކޮށްގެން ލިބުނު ޕޮއިންޓެވެ. ކެންދޫ ވަނީ ކަޓާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow