
ސަރުކާރު ވައްޓާލާނެ ކަމަށް ކުރީގެ ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެ
މި ސަރުކާރު ވައްޓާލާނެ ކަމަށް ކުރީގެ ފޮރިންގ މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީން ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ޝާހިދު ވިދާޅުވީ އެމްޑީޕީން މިއޮތީ 'ވިއްދާފައި' ކަމަށާއި, ވިއްދިވިއްދީނުން މިސަރުކާރު ވައްޓާލާނެ ކަމަށެވެ.
ޝާހިދު ވިދާޅުވީ މިހާރު މިއޮތީ ޚުދުމުހުތާރު ވެރިކަމެއް ކަމަށެވެ. ސަރުކާރަށް އެމްޑީޕީއަށް ހުރަސް ނޭޅޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ސަރުކާރަށް އަޑު އިއްވާނެ ކަމަށާއި, ސަރުކާރު ބަދަލުކުރާނެ ކަމަށް ވިދާޅުވިއެވެ.
ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވެއިރު ދާއިރާގެ ކުރިގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ ފަސް އަހަރު ވަންދެން ބަލަން ނުތިބޭނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ފަސް އަހަރު ވަންދެން ހަމަ ބަލަން ތިބެންވީތޯ ސުވާލު އުފައްދާ, ވެރިކަން ވައްޓާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ރައްޔިތުންގެ މަޖިލިހުގައި އޮތީ ވެރިކަން ކުރާ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އެވެ. އެހެންކަމުން މަޖިލިސް ތެރެއިން ވެރިކަން ބަދަލުކުރުމުގެ ފުރުޞަތެއް ނެތެވެ. ރައްޔިތުންގެ ވޯޓުން ވެރިކަން ބަދަލުކުރުމަށް އަދި ތިން އަހަރަށްވުރެ ގިނަ ދުވަސް އެބައޮތެވެ.
ވެރިކަން ވައްޓާލާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފައިވާއިރު މިމަހުގެ 31 ވަނަ ދުވަހު މަގުމައްޗަށް ނިކުންނަންވެސް އެޕާޓީން ދަނީ ތައްޔާރުވަމުންނެވެ.
ރިއެކްޝަންސް






