ޝަމްއާންގެ އާއިލާގެ މީހެއްގެ ފޯނު ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފި
ޝަމްއާން ވަހީދު / ފޮޓޯ: އިމިގްރޭޝަން

ޝަމްއާންގެ އާއިލާގެ މީހެއްގެ ފޯނު ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފި

1 year ago - 16:53
Mar 23, 2025 - 17:30
Advertisement
Advertisement

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ ކަމުން ވަކިކުރެއްވި  މުހައްމަދު ޝަމްއާން ވަހީދުގެ އާއިލީ މީހެއްގެ ފޯނު ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި ފިޔަވަޅުތައް އަޅާފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި ކަމުގެ ތުހުމަތާ ގުޅިގެންނެވެ.

މި މައްސަލައިގައި ޝަމްއާން ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ. އަދި އިތުރު ތިން މީހަކުވެސް ހައްޔަރުކޮށް، އޭގެ ތެރެއިން ދެ މީހަކު 10 ދުވަހަށް އަދި އެކަކު ތިން ދުވަހަށް ބަންދުކޮށްފައިވެއެވެ.

ފުލުހުންގެ ތަހުގީގުން މިހާތަނަށް ހާމަވެފައިވާ ކަންކަމުގެ ތެރޭގައި، ބިދޭސީއަކު އަތުން 530،000 ރުފިޔާ ނަގައި، އޭނާ ދަންވަރު ވަގުތެއްގައި މިނިވަންކުރި ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށްގެންދަވަކަމަށް ވިދާޅުވި އިރު، ފުރުން މަނާކުރި ދެ މީހުންގެ ތަފްސީލު އެއިދާރާއިން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement