ތެލެސީމިޔާ ކުދިންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ތެލެސީމިއާ ސެންޓަރަށް!
ރައީސުލްޖުމްހޫރިއްޔާ މިއަދު ތެލެސީމިއާ ސެންޓަރުގައި: ފޮޓޯ-ރައީސް އޮފީސް

ތެލެސީމިޔާ ކުދިންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ތެލެސީމިއާ ސެންޓަރަށް!

ތެލެސީމިއާ ކުދިންނާއި, އާއިލާތަކާ ބައްދަލުކުރެއްވި

3 days ago - 13:37
Mar 23, 2025 - 13:44
Advertisement
Advertisement

ތެލެސީމިޔާ ކުދިންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ކަންކަން އޮޅުން ފޮލުއްވާ ފިވަޔަޅުތައް އަޅަން ފައްޓަވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތެލެސީމިއާ ސެންޓަރަށް ވަޑައިގަތީ ތެލެސީމިޔާ ކުދިންގެ ބެލެނިވެރިންނާއި, ތެލެސީމިއާ ފަރާތްތައް އެމީހުންގެ ހުރި ގިނަ ކަންބޮޑުވުންތަކަކާ ގުޅިގެން ރޭ އަޑުއުފުލާ އިހުތިޖާޖު ކުރުމާ ގުޅިގެންނެވެވެ. ތެލެސީމިޔާ ކުދިންގެ ބެލެނިވެރިން ތެލެސީމިއާ ސެންޓަރުގައި އެސެންޓަރުވެ ވެރިންގެ އިސްތިއުފާއަށް ގޮވާ, ނުރުހުން ފާޅުކުރީ ކަންކަން ރަނގަޅުނުކޮށް ގިނަ ދުވަސްވާ ކަމަށް ބުނެއެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކީ އަވަސް އަވަހަށް ފިލްޓަރތައް ބަދަލުކުރަން ޖެހި, ލޭ އިސްރާފްވާ މައްސަލައެވެ. އެނޫންވެސް ހުރި ކަންބޮޑުވުންތައް ފާޅުކުރަން އިހުތިޖާޖު ކުރީ އެސެންޓަރުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުންވެސް ނަތީޖާއެއް ނުލިބުމުން ކަމަށް އެފަރާތްތަކުން ބުންޏެވެ.

Advertisement
Advertisement

ރައީސް ޑރ.މުއިއްޒު ސެންޓަރަށް ވަޑައިގެން ވަކިވަކި ސެކްޝަންތަކުގެ މުވައްޒަފުންނާ ބައްދަލުކޮށް ހާލަތު އޮޅުން ފިލުއްވާ ފިޔަވަޅުތައް އަޅަން އަންގަވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެމަނިކުފާނު ވަނީ ތެލެސީމިއާ ކުދިންނާއި, އާއިލާތަކުގެ އަރިހަށް ވަޑައިގެން ކަންބޮޑުވުންތައް އަޑުއްއައްސަވާފައެވެ. އަދި އެސެންޓަރުގެ އޮޕަރޭޝަން ހިނގާ ގޮތް މޮނިޓަރ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސްގެ އަރިހުގައި ހެލްތް މިނިސްޓަރ އަބްދުالله ނާޒިމް އިބްރާހީމް އާއި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރުވެސް ވަޑައިގެންނެވިއެވެ. ރައީސް އޮފީހުން ވަނީ އެފޮޓޯތައް މީޑިޔާއާ ޙިއްސާކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement