ކުރީ ސަރުކާރުގެ ލިސްޓްގައި އޮތްނަމަވެސް މިސަރުކާރުގެ ފްލެޓް ލިސްޓްގައި ނެތް ފަރާތްތަކަށް އެމްޑީޕީން އެހީވަނީ
އެމްޑީޕީން މިއަދު ނޫސްވެރިންނަށް މައުލޫމާތުދެނީ: ފޮޓޯ-އެމްޑީޕީ

ކުރީ ސަރުކާރުގެ ލިސްޓްގައި އޮތްނަމަވެސް މިސަރުކާރުގެ ފްލެޓް ލިސްޓްގައި ނެތް ފަރާތްތަކަށް އެމްޑީޕީން އެހީވަނީ

1 day ago - 16:44
Mar 8, 2025 - 16:44

ކުރީ ސަރުކާރުގެ ލިސްޓްގައި އޮތްނަމަވެސް މިސަރުކާރުގެ ފްލެޓް ލިސްޓްގައި ނެތް ފަރާތްތަކަށް އެމްޑީޕީން އެހީވާން ޕޯޓަލްއެއް ހުޅުވާލައިފިއެވެ. އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މިއީ ޝަކުވާ ހުށަހެޅުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ޕޯޓަލްއެއް ކަމަށެވެ.

ޕޯޓަލްއެއްގެ އިތުރުން އެހީތެރިކަން ފޯރުކޮށްދޭން ޚާއްޞަ ނަމްބަރެއްވެސް ވަނީ ކަނޑައަޅާފައެވެ. އެނަމްބަރަކީ 7571637 އެވެ. މީގެއިތުރުން ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ގޮސްގެންވެސް އެހީތެރިކަން ހޯދޭނެ ކަމަށް އެމްޑީޕީން ބުންޏެވެ. އެކަމަށް ކަނޑައަޅާފައިވަނީ މާދަމާރެއިން ފެށިގެން ކޮންމެ ރެއަކު 9:15-11:30 އަށެވެ.

ުاللهނުވަތަ ޕާސަނަލް މައުލޫމާތު ހިމެނޭ އެއްވެސް ލިޔުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށް އެމްޑީޕީން ބުންޏެވެ. އެމްޑީޕީން ބުނީ ޝަކުވާތައް ލިބުމުން އެއްކަހަލަ ޝަކުވާތައް ހުރި ފަރާތްތައް ވަކިކޮށް, އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެއީ ކޯޓަށް ދިއުން ނަމަ, ކޯޓަށްވެސް ދާނެ ކަމުގެ އިޝާރާތެއް އެމްޑީޕިން ވަނީ ދީފައެވެ.

އެމްޑީޕީގެ ސަރުކާރު ނިމެނިކޮށް, 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްކޮށް, ގުރުއަތުވެސް ނެގިއެވެ. އަދި އެއްބަސްވުން މެއިލްކޮށް ބައެއް ފަރާތްތަކުން އެއްބަސްވުންތަކުގައިވެސް ސޮއިކުރިއެވެ.

މިސަރުކާރު ހަވާލުވުމަށްފަހު އަލުން ފްލެޓް ލިސްޓް ވެރިފައި ކުރަން ނިންމީ ކުރީ ސަރުކާރުގެ ލިސްޓްގައި ބޮޑަތި މައްސަލަތަކެއް ހުރިކަމަށް އޭސީސީން ބުނުމުންނެވެ. މިސަރުކާރުން މިހާރު ވަނީ ކުރީ ސަރުކާރުން ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ލިސްޓް އަލުން ވެރިފައިކޮށް, އޭގެތެރެއިން ގިނަބަޔަކު ޝަރުތު ހަމަނުވާ ކަމަށް ބުނެފައެވެ. ނަމަވެސް އެފަރާތްތަކަށް އަދި ފުރުޞަތު ބަންދުވީ ނޫންކަމަށް މިނިސްޓަރ ޑރ.އަބްދުالله މުއްޠަލިބު ވިދާޅުވިއެވެ. އެހަތަރުހާސް މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައްވެސް މިސަރުކާރުން މިހާރު ވަނީ ކަނޑައަޅާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow