'އަހަރެމެންނަށް ގެއްލުނީ ދެވަނައެއްނެއް މަދަދުގާރެއް' ޙަޞަން ނަޞްރުالله ވަކިވުމުގެ ހިތާމައިގައި ޣައްޒާ މޮޅިވެރިކަމުގައި...
ދިއެރް އެލް-ބަލަޙް, ޣައްޒާ – މެދުތެތޭ ޣައްޒާގެ ދިއެރް އެލް-ބަލަޙްގެ ހަސްފަސްނެތިފައިވާ ވަގުތީ ޓެންޓެއްގައި ބަސްމާ އަލް-ހެލައު އަދި އޭނާގެ ފިރިމީހާ ހެނދުނުގެ ސައި ތައްޔާރުކުރުމުގައު އުޅެއެވެ. "އަހަރެމެން އުއްމީދުކުރި ދިރިއުޅުމެއް ނޫން (ޓެންޓުގައި) މިއީ. އަހަރެމެން ކީއްކުރަން, އެއްވެސް މީހަކު އަދި ލުބުނާނުގައި ތިބި އަހަރެމެންގެ އަޙުންވެސް މިދުވަސް ދެކެން އުއްމީދު ނުކުރާނެ" އިންތިހާ ހިތްދަތިކަން އެކުލެވިފައިވާ އަޑަކުން 74 އަހަރުގެ ބަސްމާ އަލް ޖަޒީރާއަށް ބުންޏެވެ.
"ހަނގުރާމަ އަކީ ކެތްކުރެވޭވަރު ކަމެއްނޫން. އަހަރެމެން މިކަން ތަޙައްމަލް ކުރަމުންދާތާ އަހަރެއްވަނީ. އިޒްރާއިލް އިން ލުބުނާނަށް ހަމަލާދޭން ފެށުމާއެކު އަހަރެމެންގެ ހިތާމަ އެތައް ގުނައަކަށް ބޮޑުވެއްޖެ. އަހަރެންގެ އަވަށްޓެރިން އެ ޚަބަރު (ނަޞްރުالله މަރުގެ ހަބަރު) ދިނުމުން އަހަރެންގެ ހިތް ކުދިކުދި ވެއްޖެ. އަހަރެމެން އުއްމީދުކުރިން އެއީ ދޮގު ހަބަރަކަށްވާނެކަމަށް" ހުކުރުދުވަހު އިޒްރާއިލްއިން ބެއިރޫތްއަށް ދިން ހަމަލާތަކުގައި ހިޒްބުالله ގެ ލީޑަރު ޙަޞަން ނަޞްރުالله އަވަހާރަވިކަން އެނގުމާއެކު އޭނާގެ ހިތާމަ ވަކިން ބޮޑުވެއްޖެއެވެ.
ނަޞްރުالله އެމީހުންނަށް ދިން މަދަދާއި ސަޕޯޓް ފަލަޞްޠީނުގެ ރައްޔިތެއްގެ ހައިސިއްޔަތުން ދުވަހަކުވެސް ހަނދާން ނައްތާނުލާނެކަމަށް ބަސްމާ ބުންޏެވެ. ނަޞްރުالله, އޭނާގެ މުޅި އުމުރުގައިވެސް ފަލަޞްޠީނުގެ ރައްޔިތުންނާއި އެކުގައި ވި ކަމަށާއި, ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އިޒްރާއިލްއާ ދެކޮޅަށް އޭނާ ތެދުވީ އަމިއްލަ ފުރާނައަށް ބެލުމެއްނެތި ކަމުގައިވެސް ބަސްމާ ބުންޏެވެ. ޓީވީ މެދުވެރިކޮށް ނަޞްރުالله ދީފައިވާ ސްޕީޗްތައް އޭނާ ބެލިކަމަށާއި އޭގެން އެމީހުން ހިތްވަރު ހޯދާ ކަމަށް, އަދި ނަޞްރުالله ގެ ވަކިވުން ތަޙައްމަލްކުރަން ދަތިކަމަށްވެސް ބުންޏެވެ.
"އިޒްރާއިލްއިން ބޭނުންވެގެން އުޅެނީ ކޮންކަމެއް ކަމެއް ނޭނގެ. އިސްމާއިލް ޙަނިއްޔާ އަދި އެތައް ލީޑަރުންނެއް މަރާލައިފި. ޒާލިމުންގެ އަނިޔާވެރި ހަނގުރާމައިގައި އަހަރެމެން މުޅިން އެކަނިވެރި ވެއްޖެކަމުގެ އިޙްސާސެއް ކުރެވެނީ. އެހެންބަޔަކު އަހަރެމެންނަށް އަޅާނުލި އިރު ނަޞްރުالله އަހަރެމެން ދޫކޮށެއްނުލާ. އޭނާ އަހަރެމެންނާ އެކު ވި. އަހަރެމެންނާއެކު ތިބި ކޮންމެ މީހަކަށް މިއަދު މި އިޙްސާސަ ކުރެވޭނެ ކަން ޔަޤީން. އަހަރެމެން މަރުވަންދެން މިހިތާމަ އަހަރެމެންނާ އެކު ވާނެ" 64 އަހަރުގެ ޒަކީ ޝެއިޚް ޚަލީލް ބުންޏެވެ.
ޙަލީލް ބުނީ އެނާ މިހެން ބުނި ނަމަވެސް މެދުއިރުމަތީގެ އެންމެން އެހެން ނުދެކިދާނެ ކަމަށެވެ. ސަބަބަކީ ނަޞްރުالله އަކީ ސުންނީ މުސްލިމަކަށް ނުވާތީ ޝީއީންނާ ދެކޮޅު މުސްލިމުން އޭނާއާމެދު ނުރުހުމެވެ. ތަފާތުތައް އެހެން ހުރިނަމަވެސް ޣައްޒާއާއެކު އެންމެ ފުރަތަމަ ދުވަހުން ފެށިގެންގޮސް ފުރާނަ ދާންދެންވެސް ހުރީ ނަޞްރުالله ކަމަށާއި, އިޒްރާއިލްގެ އަނިޔާވެރިކަމުގެ ކުރިމަތީގައި ޣައްޒާގެ މަދަދުގާރަކީ ނަޞްރުالله ކަމުގައި ޚަލީލް ބުންޏެވެ.
ޙަލީލްއަކީ ފަލަޞްޠީނުގައި ފަސްވަނަ ފަހަރަށް ގެދޮރުގެއްލި އަނެއްކާވެސް ޓެންޓުގައި ދިރިއުޅެމުންދާ ފަރާތެކެވެ. އިޒްރާއިލްއިން ލުބުނާނަށް ދެމުންދާ ހަމަލާތަކަށް އަލިއަޅުވާލަމުން އޭނާ ބުނީ ލުބުނާނުގެ ރައްޔިތުން އެ ތަޙައްމަލު ކުރަނީ އެމީހުން ޣައްޒާގައި މިހާރު އުޅެމުންދާ ދިރިއުޅުން ކަމަށެވެ. ބޮމުގެ ހަމަލާތަކާއި އެކު ގެދޮރު ސުންނާފަތިވެ ލުބުނާނުގެ ރައްޔިތުން އެ އުޅޭ ހާލުދެކެން ކެތްނުވާކަމުގައެވެ. އަދި އެއީ ދުނިޔެއިން އެމީހުންގެ ހިތްދަތި ދިރިއުޅުން ނުފެންނަ ކަމަށް ހެދުމަށްވުރެ ބޮޑު ކެކުޅުމެއްކަމަށްވެސް އޭނާ ބުންޏެވެ.
"ދިފާއުގައި ކުރާނެ ކަމެއްނެތް އާންމުން ހަމަލާތަކުގެ ޝިކާރައަކަށްވެ ދިރިއުޅުން ޖަހަންނަމައަކަށް ވެގެންދާތަން ފެނުނީމަ ހަޤީގަތުގަވެސް ވަރަށް ހިތްދަތިވޭ. އަހަރެމެން ލުބުނާނުގެ ރައްޔިތުންނާ މެދު ހިތާމަކުރަން. އެމީހުންނަށް އެހާލު ޖެހުނީ އެމީހުން އަހަރެމެންނާއެކު ވާން ނިންމުމުން. އަދި އަހަރެމެންނަށްޓާއި އިޒްރާއިލްގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުން" އޭނާ ބުންޏެވެ.
ފަސް ކުދިންގެ މަންމަ, 36 އަހަރުހެ ހިބާ މުރާދު ބުނީ ނަޞްރުالله ވަކިވެދިޔަކަމުގެ ޚަބަރާއެކު އޭނާގެ ހިއްސުނެތިގެން ދިޔަ ކަހަލަ އިޙްސާސެއް ކުރުވި ކަމަށެވެ. ހަނގުރާމަ އާއެކު އެތައް އިޙްސާސެއް ގެއްލިގެން ދިޔަކަމަށާއި ދިރިއުޅުމާމެދު އެއްވެސް އުއްމީދެއް ނެތްކަމަށްވެސް އޭނާ ބުންޏެވެ. އަދި ޣައްޒާއަށް ސަޕޯޓްކުރާ އެއްވެސް މީހަކާ މެދު އުއްމީދެއް ނެތްކަމަށާއި, އޭގެ އަގު އެމީހުންނަށް އެނގޭ ކަމަށްވެސް ހިބާ ބުންޏެވެ.
"ޣައްޒާއަށް ސަޕޯޓްކުރާ ކޮންމެ މީހަކަށްވެސް ނަޞްރުالله އަށް ދިމާވިގޮތް ވާނީ" ހިބާ ބުންޏެވެ.
ރިއެކްޝަންސް