ރޮނާލްޑޯގެ ގޯލާއެކު އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ނަޞްރުގެ ފުރަތަމަ މޮޅު
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ: ފޮޓޯ-އަލް ނަޞްރު

ރޮނާލްޑޯގެ ގޯލާއެކު އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ނަޞްރުގެ ފުރަތަމަ މޮޅު

17 days ago - 09:04
Oct 1, 2024 - 09:14

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ހޯމަ ދުވަހު ސައުދިއެރޭބިއާގެ އަލް ރައްޔާން އަތުން އަލް ނަޞްރު ކުރި ހޯދައިފި އެވެ. މެޗުގައި އަލް ނަޞްރު މޮޅުވި ގޯލް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. 1-2 ން އަލް ނަޞްރު މޮޅުވި މިމެޗް ކުޅުނީ ޤަތަރުގައެވެ.

ފަސް ފަހަރު ބެލެންޑޯ އެވޯޑް ހޯދާފައިވާ ރޮނާލްޑޯ އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ނަޞްރުގެ ފުރަތަމަ މެޗުގައި ފެނިފައެއް ނުވެއެވެ. ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ރޮނާލްޑޯއަށް އެމެޗު ގެއްލުނުއިރު އިރާޤުގެ އަލް ޝޯޓާއާ ދެކޮޅަށްކުޅެ އަލް ނަޞްރުވަނީ 1-1 ން އެއްވަރުވެފައެވެ.

ހޯމަ ދުވަހުގެ މެޗުގައި އަލް ނަޞްރުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބޮލުން ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ކުރީގެ ފޯވާޑް ސާޑިއޯ މާނޭ އެވެ. 76 ވަނަ މިނިޓްގައި އަލް ނަޞްރު މޮޅުކޮށްދިން ގޯލް ރޮނާލްޑޯ ކާމިޔާބުކޮށްދިނީ ޤަރީބް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.

އަލް- ރައްޔާން ގެ ހަމައެކަނި ގޯލް މެޗުގެ 87 ވަނަ މިނިޓްގައި ކާމިޔާބުކުރީ ފޯވާޑް ރޮޖާ ގިޑެސް އެވެ. 

Advertisement

މިއީ ސެޕްޓެމްބަރު މަހު ފަހުކޮޅު އަލް ނަޞްރުގެ ކޯޗަކަށް އިޓަލީގެ ސްޓޭފާނޯ ޕަޔޯލީ އައްޔަން ކުރިފަހުން އަލް ނަޞްރުން ވިދިވިދިގެން މޮޅުވި ހަތަރުވަނަ މެޗެވެ. 

މި މުބާރާތުގައި 24 ޓީމު ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ހުޅަނގާއި އުތުރުގައި ކޮންމެ ގްރޫޕެއްގައިވެސް 12 ޓީމް ކުޅޭނެއެވެ. ގަދަ 16 އަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ވަރުގަދަ އަށް ޓީމެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow