ނިއުކާސަލްއިން އާސެނަލްގެ މައްޗަށް ކުރިހޯދާ ކޮންޓްރޯލް ނަގައިފި
ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގް ގައި ނިއުކާސްލް ޔުނައިޓަޑް އިން އާސެނަލް ބަލިކޮށް, ކޮންޓްރޯލް ނަގައިފިއެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗް ނިއުކާސަލްއިން ކާމިޔާބުކުރީ 2-0 ން ނެވެ.
މެޗުގައި ނިއުކާސަލްއިން ލީޑު ނެގުމުގެ ކުރިން އާސެނަލްއަށް ރަނގަޅު ދެ ފުރުޞަތެއް ލިބި ވަނީ ބޭކާރުވެފައެވެ. ނިއުކާސަލްގެ ފުރަތަމަ ގޯލް 37 ވަނަ މިނިޓްގައި އޭރިއާތެރެއިން ޖޭކޮބް މާފީ ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރީ އަލެކްސެންޑަރ އިސާކް އެވެ.
ނިއުކާސަލް އަށް އިސާކް އެންމެ ފަހުން ކުޅުނު 15 މެޗުން 14 ގޯލް ވަނީ ޖަހައިދީފައެވެ. އަދި މިއީ ނިއުކާސަލް އަށް އޭނާ ކަމިޔާބުކޮށްދިން 50 ވަނަ ގޯލެވެ.
ނިއުކާސަލް އަށް ލީޑު ފުޅާކޮށްދިނީވެސް އިސާކް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. 51 ވަނަ މިނިޓްގައި އެންތަނީ ގޯޑަން އާސެނަލްއަށް ލީޑު ފުޅާކޮށްދިނީ އިސާކް ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާގެ އަތުގައި ޖެހިފައި ރީބައުންސް ވުމުން އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ނަތީޖާއާއެކު މިހާތަނަށް ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައި ނުވާ ނިއުކާސަލް ދެވަނަ ލެގުގައި އާސެނަލްއާ އެއްވަރުވި ނަމަވެސް އިނގިރޭސި ލީގު ކަޕްގެ ފައިނަލަށް ދަތުރު ކުރާނެއެވެ. އެހެންވެއްޖެނަމަ, މިއީ ތިން ސީޒަނުގެ ތޭގައި ނިއުކާސަލް ގެ ދެވަނަ ފައިނަލެވެ.
ދެވަނަ ލެގުގައި އާސެނަލް އާއި ނިއުކާސަލް ޔުނައިޓަޑް އެސް ޓީ ޖޭމްސް ޕާކުގައި ބައްދަލުކުރާނީ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
ސެމީފައިނަލްގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި ޓޮޓްނަމްއާއި ލިވަޕޫލް ބައްދަލުކުރާނީ ބުދަދުވަހުއެވެ. ކަރަބޯކަޕްގެ ފައިނަލް މާޗު 16 ގައި އޮންނާނީ ވެމްބްލޭ ސްޓޭޑިއަމްގައެވެ.
ރިއެކްޝަންސް