އައްޑޫ ސިޓީގެ މަގު ހަދަން އެއްބާރުލުން ދިނުމަށް އިމާރާތް ހުސްކުރަން އީކްއެޓަރ ވިލެޖުން އެއްބަސްވެއްޖެ
އައްޑޫ މޭޔަރު އީކްއޭޓަރ ވިލެޖްގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ: ފޮޓޯ-އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ މަގު ހަދަން އެއްބާރުލުން ދިނުމަށް އިމާރާތް ހުސްކުރަން އީކްއެޓަރ ވިލެޖުން އެއްބަސްވެއްޖެ

2 days ago - 14:27
Apr 13, 2025 - 14:27
Advertisement
Advertisement

އައްޑޫ ސިޓީގެ މަގު ހަދަން އެއްބާރުލުން ދިނުމަށް އިމާރާތް ހުސްކުރަން އީކްއެޓަރ ވިލެޖުން އެއްބަސްވެއްޖެއެވެ. އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވީ އެކައުންސިލުން އީކްއޭޓަރ ވިލެޖާއެކު ކުރި މަޝްވަރާތަކުން ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

މޭޔަރު ވިދާޅުވީ ގަން އެއަރޕޯޓް ޑިވެލޮޕްމަންޓްގައި ހިމެނޭ މަގުތައް ހެދުމަށް ހުރަހަކަށް ވެފައިވާ އީކްއެޓަރ ވިލެޖްގެ އެކޮމޮޑޭޝަން ބޮލޮކްގެ މައްސަލާގައި އީކްއެޓަރ ވިލެޖްގެ އިސްފާރާތްތަކާ ބައްދަލު ކޮށް އަވަސް ހައްލެއް ހޯދުމަށް އިއްޔެ މަޝްވަރާ ކުރެއްވި ކަމަށާއި, އެކަމަށް ދާއިމީ އަވަސްހައްލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން އީކްއޭޓަރ ވިލެޖްގެ ބޭފުޅުން ދެއްވާފައިވާ ކަމަށެވެ.

" މި އިމާރާތް ހުސްކުރުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުންދާކަމަށް ވަނީ ވިދާޅުވެފަ. އަދި މިފުރުސަތުގައި މިމައްސަލަ ހައްލު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ފުރުސަތު ދިނުމަށާއި އަދި އީކްއޭޓަރ ވިލެޖްގެ ވިޔަފާރިއަށް ގެއްލުންވާގޮތަށް ކަންކަން ނުކުރުމަށް އިލްތިމާސް ކުރަމެވެ." ނިޒާރު ވިދާޅުވިއެވެ.

 މިވަގުތުވެސް އައްޑޫގައި އިންވެސްޓްކުރުމަށް ވިޔަފާރިތަށް ހޯދުމަށް ދަތިކަން ހުރިއިރު, ކުރެވިފައިވާ ވިޔަފާރީގެ އިންވެސްޓްމަންޓްތަކަށް ގެއްލުންވާނެހެން އަމަލުތަށް ބެހެއްޓުމަކީ އައްޑޫގެ އިގްތިސާދަށް އިޔާދަނުކެރެވޭނެ ގެއްލުން ވެދާނެ ކަމަކަށްވެދާނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

Advertisement
Advertisement

އިމާރާތް ހުސްކުރަން މިހާތަނަށް އީކްއޭޓަރ ވިލެޖުން ހުށަހަޅާފައި އޮތީ އަދުލުވެރި ބަދަލެއް ދިނުމެވެ. އެކަމަށް ބޮޑު އަގެއް ހުށަހަޅާފައިވާ ކަމުގެ ރިޕޯރޓްތައް ވަނީ ދައުރުވެފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރ ޢަބްދުالله މުއްޠަލިބު މިކަމާގުޅިގެން ކުރިން ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ހުސްނުކުރެވި އެ ބިން ކޮންޓްކްޓަރާއި ޙަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ އެ ޢިމާރާތް ހިމެނޭ ސަރަޙައްދުގެ މަގުގެ ބައި ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް ވާނީ އަންގާފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިމަހު 17 ގެ ކުރިން މިކަމަށް ޙައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. އަދި ބިން ހުސްނުކުރެވި މި ޕްރޮޖެކްޓް އިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement