
ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ޕީޖީ އޮފީހުގެ ދެ ވަކީލަކު ސަސްޕެންޑްކޮށްފި
ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދެ ވަކީލަކު ސަސްޕެންޑް ކޮށްފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މި 2 ވަކީލުން ސަސްޕެންޑުކުރީ ޖިންސީ ފުރައްސާރަކުރުމާއި އަޚްލާޤީ މިންގަނޑާ ޚިލާފުވުމުގެ ތުހުމަތުގައި ކަމަށެވެ.
މީގެއިތުރުން، މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު، ފުލުހުންވެސް އެ މައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް ނުވަތަ ސަސްޕެންޑްކުރެވުނު ޕްރޮސިކިއުޓަރުންގެ މަޢުލޫމާތު ޕީޖީ އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.
ރިއެކްޝަންސް






