ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ވޯޓާވިލާއެއްގައި ރޯވި އަލިފާންގަނޑެއް ރިސޯރޓް މުވައްޒަފުން ނިއްވާލައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ރޯވީ އެ ރިސޯޓްގެ ވޯޓަރވިލާއެއްގެ ފުރާޅުގައި ކަމަށެވެ.
ރޭ ދަންވަރު އެހާދިސާގެ މަޢުލޫމާތު ލިބުމުން އެފްއާރުއެސްގެ ސިފައިން އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވި ނަމަވެސް ރިސޯޓްގެ މުވައްޒަފުން އަލިފާން ކޮންޓްރޯލްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑޯއެފް އިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ވޯޓަރވިލާގެ ފުރާޅަށާއި ސީލިންގއަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.