ރައީސްގެ ދެކަނބަލުންނަށް އިންޑިޔާއިން ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ރައީސްގެ ދެކަނބަލުންނަށް އިންޑިޔާގެ ރައީސްއާއި ބޮޑުވަޒީރު މަރުހަބާ ދަންނަވަނީ: ފޮޓޯ-ރައީސް އޮފީސް

ރައީސްގެ ދެކަނބަލުންނަށް އިންޑިޔާއިން ރަސްމީކޮށް މަރުހަބާ ދަންނަވައިފި

11 days ago - 10:27
Oct 7, 2024 - 12:23
Advertisement

 

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ. ރައީސްގެ ދެކަނބަލުންނަށް އިންޑިޔާގެ ރިޔާސީ ގަނޑުވަރު ރާސްތުރަފަތީ ބަވަން އިން މަރުހަބާ ދެންނެވީ އިންޑިޔާގެ ރައީސް ދުރޫފަދީ މުރުމޫއާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް އިންޑިޔާގެ ރިޔާސީ ގަނޑުވަރުގައި 21 ބަޑީގެ ސަލާމެއް އެރުވިއެވެ,. އަދި ގާޑް އޮފް އޮނާއެއް އެރުވިއެވެ. މަރުހަބާގެ ރަސްމިއްޔާތުގައި އިންޑިޔާގެ އަސްކަރިއްޔާއިން ވަނީ ދެގައުމުގެ ސަލާމް ކުޅެފައެވެ. މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ވަޒީރުން ހިމެނިވަޑައިގަންނަވާ ވަފްދްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

https://twitter.com/presidencymv/status/1843156169080401958

Advertisement

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްއާއި ދިވެހި ސަރުކާރުގެ އިސްބޭފުޅުންގެ ބޮޑު ވަފްދު އިންޑިޔާއަށް ވަޑައިގެންނެވީ އިންޑިޔާ ސަރުކާރުން ހަމަޖެއްސެވި އެގައުމުގެ މިލިޓަރީ އެއަފޯސްގެ މަތިންދާބޯޓެއްގައެވެ.

ޓައިމްސް އޮފް އިންޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އިއްޔެ ވަނީ އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރާ ބައްދަލުކުރައްވާފައެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ރައީސް ދުރޫފަދީ މުރުމޫއާ މިއަދު ބައްދަލުކުރައްވާނެ އެވެ.

ދެގުމުން މުހިއްމު އެއްބަސްވުންތަކެއްގައިވެސް މިއަދު ސޮއިކުރައްވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް މިވަޑައިގަތީ ގޯސްވެފައި އޮތް ދެގައުމުގެ ގުޅުން ބަދަހިވާން ފަށާފައިވަނިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement