ދެ ފްލެޓް ހުސްކުރަން ބައްސާމަށް އިތުރު ވަގުތު ދިނުމުން 'ނުރުހުން'
ބައްސާމް އަދީލް ޖަލީލް: ފޮޓޯ-އެފްއޭއެމް

ދެ ފްލެޓް ހުސްކުރަން ބައްސާމަށް އިތުރު ވަގުތު ދިނުމުން 'ނުރުހުން'

11 days ago - 08:18
Advertisement

 

އެފްއޭއެމްގެ ކުރީގެ ރައިސް ބައްސާމް އަދީލް ޖަލީލް ހިޔާނާތުގެ ފައިސާއިން ގަން ނުރުހުން ވެއްޖެ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުން އަމުރުކުރީ އިއްޔެގެ ނިޔަލަށް ދެ ފްލެޓް ހުސްކޮށް, ފުލުހުންނާ ހަވާލުކުރުމަށެވެ. އެއީ ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއިން ގަތް ކަމަށް ތުހުމަތު ކުރާ އަމިން އެވެނިޔުގެ ލަގްޒަރީ ދެ އެޕާރޓްމަންޓެވެ. ހުޅުމާލެއިން ގަން ދެ އެޕާރޓްމަންޓް ހުސްކުރަން ފުލުހުން އިތުރު ވަގުތު ދިނީ ބައްސާމްގެ ފަރާތުން އޭނާގެ ވަކީލުން އެކަމަށް އެދި ސިޓީ ފޮނުވުމުންނެވެ.

އިއްޔެ އެންމެ ފުރަތަމަ ފުލުހުން ބުނީ ތަން ހުސްކޮށް ހަވާލުކުރަން މިމަހުގެ ނިޔަލަށް ވަގުތުދޭން ބައްސާމްގެ ފަރާތުން އެދިފައިވާތީ ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބައްސާމްގެ ފަރާތުން އެދުނު ގޮތަށް އެދުނު މުއްދަތު ދިންކަން ފުލުހުން ހާމަކުރީ ރޭ 20:12 ގައެވެ.

Advertisement

" ހާލަތަށް ރިއާޔަތްކޮށް, ސިޓީގައި އެދިފައިވާ މުއްދަތަށް ފުރުޞަތު ދީފައިވާކަން ލިޔުމުން ވަނީ އަންގާފައި" ހާލަތަކީ ކޮބައިކަން ނުބުނެ ފުލުހުން މީޑިޔާތަކަށް ހިއްސާކުރި މެސެޖްގައި ވެއެވެ.

އެނގިފައިވާ ގޮތުގައި ބައްސާމްގެ ފަރާތުން ފޮނުވި ސިޓީގައި ބުނެފައިވަނި އެޕާރޓްމަންޓުން ނިކުމެގެން, އަނބި ދަރިން ގޮވައިގެން ވަންނާނެ ތަނެއް ނެތް ކަމަށެވެ. އެކަމަކު އެވާހަކަތަކަށް ޢާއްމުންގެ ނުރުހުން ވަނި އަމާޒު ވެފައެވެ. ބައެއް ފަރާތްތަކުން ވަނީ ބައްސާމްއާ ޑީލް ހަދަނީ ނޫންތޯވެސް ސުވާލު އުފައްދާފައެވެ.

" ބަލްނތިބޭތި ދެން ފެންނާނީ ސާބިތުނުވާ ކަމަށް ނިންމާތަން" ޢާއްމުންގެ މީހަކު ލިޔެފައި ވެއެވެ.

ބައެއް ފަރާތްތަކުން ވަނި ބައްސާމް ބަންދުނުކޮށް ބަހައްޓާތީވެސް ސުވާލު އުފައްދާފައެވެ. އަދި އަނބިދަރިން ގޮވައިގެން ވަންނާނެ ތަނެއް ނެތްކަމަށް ބުނާއިރު ފުޓްބޯޅައިން އާމްދަނީ ހޯދަމުން އައި ކުޅުންތެރިން ނިކަމެތިވާން ޖެހުނީވެސް ބައްސާމާ ހެދި ނޫންތޯ ބައެއް ފަރާތްތަކުން ސުވާލުކޮށްފައި ވެއެވެ.

"ވަޒީފާއެއް ހޯދައިގެން ކުއްޔަށް ނޫޅެވޭނެ" ހަސަން ޒާހިރު އަބްދުލް މަންނާނުގެ ނަމުގައި ފޭސްބުކްގައި ސުވާލުކޮށްފައި ވެއެވެ.

ބައްސާމް ހިޔާނާތްތެރިވެ, އެޕާރޓްމަންޓް ގަން ކަމަށް ތުހުމަތު ކުރަނީ ކޮވިޑްގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަތުމަށް އެހީވުމަށް ފީފާއިން ދިން ލޯނު ފައިސާ އަށެވެ.

މައްސަލައިގައި ފުލުހުން ތަހުގީގު ނިންމާ ދައުވާ ކުރަން ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement