މޯދީއާއެކު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު މުހިއްމު އެއްބަސްވުންތަކެއްގައި ދެ ގައުމުން ސޮއިކޮށްފި
އިންޑިޔާގެ ބޮޑުވަޒީރާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ: ފޮޓޯ-އިންޑިއަން ެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީޫ

މޯދީއާއެކު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު މުހިއްމު އެއްބަސްވުންތަކެއްގައި ދެ ގައުމުން ސޮއިކޮށްފި

11 days ago - 13:14
Advertisement

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު މުހިއްމު އެއްބަސްވުންތަކެއްގައި އިންޑިޔާއާއެކު ސޮއިކޮށްފިއެވެ.

ބޮޑުވަޒީރު މޯދީއާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރަސްމީ ބައްދަލުކުރެއްވުން ކުރިއަށް ގެންދެވީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ. އެބައްދަލުވުމުގައި ދެގައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނާއި, ފޮރިންގ މިނިސްޓަރ ޑރ.އަބްދުالله ޚަލީލާއި, ހޯމް މިނިސްޓަރ އަލީ އިހުސާން ހިމެނިވަޑައިގަންނަވައެވެ. އިންޑިޔާ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރު ހިމެނިވަޑައިގަންނަވައެވެ.

ބައްދަލުވުމަށްފަހު ބޮޑުވަޒީރު މޯދީއާއި ރައީސް މުއިއްޒު ވަނި ރަސްމީ ސްޓޭޓްމަންޓް ދެއްވާފައެވެ. ދެގައުމުގެ ގުޅުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެބޭފުޅުންވެސް ދެއްވިއެވެ. ބައްދަލުކުރެއްވުމަށްފަހު މުހިއްމު އެއްބަސްވުންތަކެއްވެސް ދެގައުމުން ވަނީ ބަދަލުކޮށްފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement