ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަނީ
ކުޅުދުއްފުށި ސިޓީ: ފޮޓޯ-ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަނީ

ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ވަނީ އިއުލާނުކޮށްފަ

7 hours ago - 12:24
Sep 4, 2025 - 12:24
Advertisement
Advertisement

ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލާނެ ފަރާތެއް ހޯދަން ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. ސިޓީ ކައުންސިލުން އިއުލާނުކުރީ އެކަމަށް ބޭނުންވާ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށެވެ.

ކުޅުދުއްފުށި ސިޓީން މީގެކުރިންވެސް ވަނި މިކަމަށް އިއުލާނެއް ކޮށްފައެވެ. ނަމަވެސް އެއިއުލާނު ބާތިލްކޮށް އަލުން އިއުލާނުކުރީ ބުދަ ދުވަހުއެވެ. މައުލޫމާތު ސާފްކުރުމަށް މިމަހުގެ 16 ވަނަ ދުވަހުގެ 10:30 ގެ ނިޔަލަށް ވަނީ ފުރުޞަތު ދީފައެވެ. ސުވާލެއް އޮތްނަމަ bids@kulhudhuffushicity.gov.mv  އަށް މެއިލް ކުރަން ވަނީ އެދިފައެވެ.

ރެޖިސްޓަރ ވުމަށް ދީފައިވާ ސުންގަޑިއަކީ މިމަހުގެ 17 ވަނަ ދުވަހުގެ 10:30 އެވެ. އަންދާސީހިސާބު ހުށަހަޅަން ޖެހެނީ ޖެހިގެން އަންނަ ދުވަހުގެ 10:30 ގެ ކުރިންނެވެ. މިކަމާ ގުޅުންހުރި މައުލޫމާތު ސިޓީ ކައުންސިލްގެ ވެބްސައިޓްގައި ވަނީ ޢާއްމުކޮށްފައެވެ.

ކުޅުދުއްފުށި ކައުންސިލުން ކަނޑައަޅާފައިވަނީ ކޮންމެ ފަރާތަކަށްވެސް އެއް އަންދާސީ ހިސާބު ހުށަހެޅޭ ގޮތަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅެނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement