ތެލަސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިންނާ ހަވާލުކޮށްފި
ރައީސް ތެލެސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ތެލަސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިންނާ ހަވާލުކޮށްފި

4 days ago - 15:15
Mar 27, 2025 - 15:35
Advertisement
Advertisement

ބޮއްސުންލާފައިވާ ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތައް ހުޅުމާލޭގެ އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަސައްކަތް ކުރިން ހަވާލުކޮށްފައިވާ ކުންފުނިން އެއްބަސްވުމުގެ މުއްދަތު ހަމަވިއިރުވެސް ދެބައިކުޅަ އެއްބައި މަސައްކަތްވެސް ނިންމާފައިނުވާތީ، އެ އެއްބަސްވުން އައު ނުކޮށް މަސައްކަތް ސިފައިންނާ ހަވާލުކުރެއްވި ކަމަށެވެ.

ރައީސް ވިދާޅުވީ ސިފައިން މާދަމާއިން ފެށިގެން މި މަސައްކަތް ފަށައި، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާނެ ކަމަށެވެ. އަދި މި ބަދަލާއެކު ތެލަސީމިއާ ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި، ޓެސްޓުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ތެލަސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރުމާ ގުޅިގެން، އެތަނުގައި ބަސް ސްޓޮޕެއް ހެދުމުގެ މަސައްކަތްވެސް ކުރާނެ ކަމަށާއި، އެމްޓީސީސީގެ ބަހުގައި ޕޭޝަންޓުންނާއި އެމީހުންގެ ބެލެނިވެރިންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

މީގެއިތުރުން، 2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓަރ ޖެނެރަލެއް ނެތި ހިންގަމުން އައި ތެލަސީމިއާ ސެންޓަރަށް އަށް އަހަރު ފަހުން އަޙްމަދު މަޢުޞޫމް ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރައްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ދާދިފަހުން އެމަނިކުފާނު ވަނީ ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement