ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ފުރުސަތު ދިނުމަށް އައު ޕްރޮގްރާމެއް ތަޢާރަފުކޮށްފި
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ތެރެއިން / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ފުރުސަތު ދިނުމަށް އައު ޕްރޮގްރާމެއް ތަޢާރަފުކޮށްފި

16 hours ago - 13:51
Advertisement
Advertisement

އަތޮޅުތަކުގައި ޚުޠުބާ ކިޔުމަށް ހުރި ދަތިތައް ޙައްލުކުރުމަށްޓަކައި ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދަ ދެވޭގޮތަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އައު ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމަކީ 3 މަސްދުވަހުގެ ކޯހެއް ކަމަށާއި، ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެކަމަށެވެ. މި ކޯހުގައި ޚަޠީބުކަމަށް ބޭނުންވާ ފިޤުހު، ޤުރުއާން، ޢަޤީދާ އަދި ހަދީސް ކިޔަވައިދެވޭނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ޤުރުއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ކުރިއަށްދާނެ ކަމަށާއި، އަދި ޤުރުއާން ކިޔަވައިދެވޭނީ ކައުންސިލަރުން މާލެ ގެނެސްގެން ނުވަތަ އަތޮޅުތަކުގައި ހުރި ޤުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށްގެންކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. ހުރިހާ މާއްދާއެއްވެސް ކިޔަވައިދެއްވާނީ ފުންނާބު އުސް އިލްމުވެރިންކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 1 ގައި ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

Advertisement
Advertisement

އިސްލާމިކް މިނިސްޓްރީން ކައިންސިލަރުންނަށް މި ފަދަ ފުރުސަތެއް ހުޅުވާލައިފައިވާ އިރު، ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއްވެސް އެ މިނިސްޓްރީގެ ފަރާތުން ގެންދަވަނީ ހިންގަވަމުންނެވެ. އެގޮތުން މިހާތަނަށް އޭގެ ދެ ޕްރޮގްރާމް ހިންގާފައިވާ އިރު 270 އަށްވުރެ ގިނަ ޚަޠީބުން ވަނީ ކޯސް ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައެވެ. އަދި މީގެ 3 ވަނަ ޕްރޮގްރާމަކަށްވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement