ހައްޖުވެރިންގެ ޑެބިޓް ކާޑް ލިމިޓް 1750 ޑޮލަރަށް އިތުރުކުރަނީ
އުމްރާވެރީންނަށް ދިން ލުއި ހައްޖުވެރީންނަށްވެސް ދޭން ވަނީ ނިންމަވާފަ: ފޮޓޯ-ހައްޖު ކޯޕަރޭޝަން

ހައްޖުވެރިންގެ ޑެބިޓް ކާޑް ލިމިޓް 1750 ޑޮލަރަށް އިތުރުކުރަނީ

16 hours ago - 13:25
May 12, 2025 - 13:25
Advertisement
Advertisement

މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންގެ ޑެބިޓް ކާޑް ލިމިޓް 1750 ޑޮލަރަށް އިތުރުކޮށްދޭން ބޭންކްގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ " ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް ގައި އެދެފިން." ކަމަށެވެ.

މިއީ މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން އެދިވަޑައިގެންނެވި އެދިވަޑައިގަތުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

މިއަހަރުގެ ރަމަޟާންމަހު އުމްރާއަށްދިޔަ އުމްރާވެރީންގެ ޑެބިޓް ކާޑް ލިމިޓްވެސް ރައީސްގެ އެދިވަޑައިގަތުމުގެ މަތީން ބޭންކް އޮފް މޯލްޑިވްސްއިން 1500 ޑޮލަރަށް އިތުރުކޮށްދެއްވިއެވެ.

ސަރުކާރުގެ އެދިވަޑައިގަތުމަށް މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރީން ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައިވެސް ހިމަނުއްވާފައެވެ. މައްކާ އިނީޝިއޭޓިވްގައި ހިމެނުމުން ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމުގެ ފުރުޞަތު ލިބޭނެއެވެ. ލަގެޖާވެސް ހަވާލުވާނީ މައްކާގައި ތިބޭ ހޮޓަލުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement