އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ، ރާއްޖެއަށް ނުރައްކަލެއް ނެތް

އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ، ރާއްޖެއަށް ނުރައްކަލެއް ނެތް

2 months ago - 12:07
Advertisement
Advertisement

އިންޑޮނީޝިއާގެ އުތުރު ސުމަޓްރާ ސަރަޙައްދަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ހާމަކުރައްވާފައެވެ.


މެޓް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 6.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 09:56 އެހާކަންހާއިރުއެވެ.


މި ބިންހެލުން އައިސްފައިވަނީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ ގާތްގަނޑަކަށް 2،581 ކިލޯމީޓަރު ދުރުން އިންޑޮނީޝިއާގެ އުތުރު ސުމަޓްރާ ސަރަޙައްދަށެވެ. މެޓް އޮފީހުން ވިދާޅުވީ، ބިންހެލުން އައި ސަރަޙައްދާއި ރާއްޖެއާ ހުރި ދުރުމިނަށް ބަލާއިރު، މި ހާދިސާގެ ސަބަބުން ރާއްޖެއަށް ސީދާ އެއްވެސް އަސަރެއް ކުރާނެ ކަމަށް ބެލެވިފައި ނުވާ ކަމަށެވެ.


އިންޑޮނީޝިއާއަކީ އާންމުކޮށް ބިންހެލުންތައް އަންނަ ސަރަޙައްދަކަށް ވާއިރު، މިފަދަ ހާދިސާތަކާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ދަނީ ކަންކަން ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement