އިނގިރޭސި އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
އިނގިރޭސިވިލާތުގެ އިންތިޚާބީ ބޮޑުވަޒީރު ކިއެރ ސްޓާމަރ

އިނގިރޭސި އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

2 months ago - 16:19
Jul 5, 2024 - 16:28

އިނގިރޭސިވިލާތުގެ އާންމު އިންތިހާބުން ތާރީހީ ކާމިޔާބެއް ހޯދި އެ ގައުމުގެ ލޭބާ ޕާޓީ އާއި އިންތިހާބީ ބޮޑު ވަޒީރު ކެއިރު ސްޓާމާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެކްސް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި އިނގިރޭސި ވިލާތުގެ އިންޚާބީ ބޮޑުވަޒީރުގެ ލީޑަރޝިޕްގައި އެ ޤައުމަށް އިތުރު ކުރިއެރުމާ ފާގަތިކަން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ވިދާޅުވެފައިވެ އެވެ.

އަދި އިނގިރޭސި ވިލާތުގެ އިންތިޚާބީ ބޮޑުވަޒީރާ ގުޅިގެން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ބައިނަލްއަޤްވާމީ ދަތި މައްސަލަތަކަށް ޙައްލުގެނައުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅު ވެފައިވެ އެވެ.

14 އަހަރަށް ފަހު އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީ ވެރިކަން ނިމުމަކަށް ގެނެއުމަށް ފަހު، ތާރީޚީ ބޮޑު ކާމިޔާބީއެއް ލޭބާ ޕާޓީން ހޯދީ ޕާލިމެންޓުގެ 408 ގޮނޑި ކާމިޔާބުކޮށްގެންނެވެ. ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރަމުން އައި  ކޮންޒަވޭޓިވް ޕާޓީއަށް ލިބުނީ 136 ގޮނޑި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow