ހުއްދަނޫން ގޮތުގައި މީހަކު ބަންދުކޮށްގެން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

ހުއްދަނޫން ގޮތުގައި މީހަކު ބަންދުކޮށްގެން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

2 months ago - 20:34
Advertisement
Advertisement

ހުއްދަ ނޫން ގޮތަކަށް މީހަކު ބަންދުކޮށްގެން އުޅުނު ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.


ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހުއްދަނޫން ގޮތުގައި މީހަކު ހިފާއްޓާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހާކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.


ފުލުހުން ކުރި މަސައްކަތުން، އެ މީހާ ބަންދުކޮށްފައި ހުރި ތަން ދެނެގަނެ، ބާރުގެ ބޭނުންކޮށްގެން އެތަނަށް ވަދެފައިވެއެވެ. އަދި ހިފަހައްޓާފައި ހުރި މީހާ އެރޭގެ 02:29 އެހާކަންހާއިރު ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.


މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ އިޤްބާލް މިއާ އެވެ.


އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement