ވިއްސާރައިގައި ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުންވެއްޖެ

ވިއްސާރައިގައި ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުންވެއްޖެ

1 hour ago - 21:19
Advertisement
Advertisement

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.


އެންޑީއެމްއޭ އިން މީސްމީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅު، ގދ. އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބިގެން ދަނީ ރިޕޯޓްކުރަމުންނެވެ. އަދި އެ އޮތޯރިޓީން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުން ކަމަށްވެސް ހާމަކޮށްފައިވެއެވެ.


ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ. މިގޮތުން ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުންތައް ލިބިފައިވާކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދެއެވެ.


މީގެއިތުރުން، އެންޑީއެމްއޭ އިން ބުނި ގޮތުގައި މިހާތަނަށް ދިރިނޫޅެވޭ ވަރަށް ހަލާކުވެފައިވަނީ އެންމެ ގެޔެކެވެ. އެއީ ޚާއްޞަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން ޖުމްލަ 8 މީހުން ދިރިއުޅޭ ގެއެއް ކަމަށާއި، ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.


މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން އެ ސަރަޙައްދަށް ނެރެފައިވާ ރީނދޫ ސަމާލު މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ދަމަހައްޓާފައިވާތީ، އެ އަތޮޅުތަކުގެ ހާލަތު ކަމާބެހޭ އިދާރާތަކުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި މެޓުން ލަފާކުރާގޮތުގައި ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ ކުރިއަށް އޮތް ދެ ދުވަހަށް ދެމިގެންދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement