ޖަޕާނުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ޖަޕާނުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހުޅުވާލައިފި

1 hour ago - 21:23
Advertisement
Advertisement

ޖަޕާނުގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ 'އެސްޑީޖީސް ގްލޯބަލް ލީޑަރ ޕްރޮގްރާމް 2027' ގެ ދަށުން މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގެ ސްކޮލަރޝިޕް ފުރުޞަތުތަކަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.


މި ޕްރޮގްރާމުގެ ދަށުން ދެ އަހަރު ދުވަހުގެ ދެ މާސްޓަރސް ޑިގްރީ ފުރުޞަތާއި، ތިން އަހަރު ދުވަހުގެ ދެ ޕީއެޗްޑީ ފުރުޞަތު ހިމެނޭހެން ޖުމްލަ ހަތަރު ޖާގަ ވަނީ ހަމަޖެހިފައެވެ.


މި ސްކޮލަރޝިޕްތަކަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، މާސްޓަރސް އަށް އެދޭނަމަ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު 1 އެޕްރިލް 2027 އަށް 35 އަހަރު ފުރިފައި ނުވުން ހިމެނެއެވެ. އަދި ޕީއެޗްޑީ އަށް އެދޭ ފަރާތްތަކަކީ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ، 1 އެޕްރިލް 2027 އަށް 40 އަހަރު ނުފުރޭ ފަރާތްތަކަށް ވާންޖެހެއެވެ.


މީގެއިތުރުން، ސިވިލް ސަރވިސްގެ މުވައްޒަފަކަށް ނުވަތަ އެކަޑެމިކް ރިސާޗަރަކަށް ވުމާއި، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތަކަށް ވުމުގެ އިތުރުން ޓޯފަލް (TOEFL) އިން މަދުވެގެން 570 ނުވަތަ އައިއެލްޓީއެސް (IELTS) އިން މަދުވެގެން 6.0 ލިބިފައިވާން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.


މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެޕްލައިކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީން ހަތަރު ކެންޑިޑޭޓުން ނޮމިނޭޓްކުރި ނަމަވެސް، ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ފަރާތުންނެވެ.


މި ސްކޮލަރޝިޕަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 21 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:30 އެވެ. މި ފުރުޞަތަށް އެދި ހުށަހަޅަންޖެހެނީ 'ކުރި' ޕޯޓަލް މެދުވެރިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement