
ޤަތަރުގައި ދިވެހިރާއްޖޭގެ އެމްބަސީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ,ދިވެހިރާއްޖޭގެ އެމްބަސީއެއް ޤަތަރުގައި އުފައްދަވައިފިއެވެ. އެމްބަސީ އުފައްދަވައި, މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި އެތަން ހަމަޖެއްސެވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމުކުރި ދެންނެވުމެއްގައި ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ އެމްބަސީއެއް ޤަތަރުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިޙްތިޔާރުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް, ތައުލީމާއި, ސިޔާސީ, އިޤްތިޞާދީ އަދި އަސްކަރީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ކުރިއެރުވުމަށް ކަމަށް ދެންނެވުމުގައި ބަޔާންކުރައްވާފައި ވެއެވެ.
ދެންނެވުމުގައި އެމްބަސީއަށް ހާއްސަކުރެވިފައިވާ މަސައްކަތްތައް, އަދި އިނގިރޭސި ބަހުންއެ އިދާރާއަށް ބޭނުންކުރަން ހަމަޖައްސަވާފައިވާ ނަންވެސް ވަނީ ހިމަނުއްވާފައެވެ. ރަސްމީ އިދާރާތަކުން ޤަތަރުގައި ހުންނަ ދިވެހި އެމްބަސީއަށް ލިއުއްވާ ސިޓީ ނަންބަރުގައި 502 ޖެއްސެވުމަށްވެސް ވަނީ ދެންނެވުމުގައި އިރުޝާދު ދެއްވާފައެވެ.
ރިއެކްޝަންސް






