
ވިލިނގިލިން ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ގއ. ވިލިނގިލިން ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މައްސަލައިގައި ހައްޔަރުކުރީ މާލެ، ދަފްތަރު ނަންބަރު ރސ5268، މުޙައްމަދު ޠާހާ (36އ) އެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކުރީ ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެެއްގައި ކަމަށެވެ.
އޭނާ ހައްޔަރުކުރީ ބުރާސްފަތި ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ވިލިނގިލީ ބަނދަރު ސަރަހައްދުންނެވެ. އޭނާ ހައްޔަރުކޮށް، ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ކޯޓު އަމުރެއްގެ ދަށުން އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުކޮޅުތަކެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 20 ގުރާމެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޠާހާ (36އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުަމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






