އެންޓިބަޔޮޓިކަށް ނުގުޑާ މައްސަލަ ހައްލުކުރުމަށް، އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަނީ

އެންޓިބަޔޮޓިކަށް ނުގުޑާ މައްސަލަ ހައްލުކުރުމަށް، އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަނީ

23 hours ago - 09:26
Advertisement
Advertisement

އެންޓިބަޔޮޓިކަށް ހަށިގަނޑު ނުގުޑާ ނުވަތަ 'އެންޓިބަޔޮޓިކް ރެސިސްޓެންސް'ގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ހަމަކުރުމުގެ މަސައްކަތް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) އިން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރަމެއްގައި ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ދުނިޔެއަށްވެސް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެންޓިބަޔޮޓިކަށް ނުގުޑާ މައްސަލަ ކަމަށާއި، އެކަން ހައްލުކުރުމަށް އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ލިބެން ހުންނަން ޖެހޭ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ބޭސް ހަމަކުރުމުގައި އެންމެ ބޮޑަށް އިސްކަންދެއްވާނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭހުގެ ލިސްޓުގައި ހިމެނޭ 1200 އެއްހާ ބޭސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް ޝާހު ވިދާޅުވިއެވެ.  އެއަށްފަހު "އެޕްރޫވްޑް ޑްރަގް" ލިސްޓުގައިވާ ބޭސްތަކުގެ ތެރެއިން ޑޮކްޓަރުން އާންމުކޮށްދޭ ބޭސްތައް ދެނެގަނެ އެ ލިސްޓު އަޕްގްރޭޑްކޮށް، އެ ބޭސްތައް ރާއްޖެއަށް ގެނައުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement