
ކުނި މެނޭޖްކުރާ މަރުކަޒުތައް އަޅަން ކުންފުނިތަކާ ހަވާލުކޮށްފި
75 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް އަޅަން ކުންފުނިތަކާ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން އެމަސައްކަތް ހަވާލުކުރީ ފެނަކައާއި އާރުޑީސީގެ އިތުރުން އެމްޓީސީސީއާއެވެ.
އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ތާރިޤު އިބްރާހީމްއެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރެވެ.
'މަގޭ ސާފް ރާއްޖެ' ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުގައި 109 ރަށެއްގައި މަރުކަޒު ޤާއިމް ކުރަން ވަނީ ނިންމަވާފައެވެ. އިއްޔެ 75 ރަށެއްގެ މަޝްރޫޢުގައި ސޮއިކުރިއިރު އޭގެ ކުރިން 34 ރަށެއްގައި މަރުކަޒު ޤާއިމްކުރުމަށް ވެމްކޯއާ ހަވާލުކޮށްފައެވެ.
75 ރަށުގެ ތެރެއިން 26 މަޝްރޫޢު ހަވާލުކުރީ އެމްޓީސީސީއާއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ 24 މަޝްރޫއު ހަވާލުކުރިއެވެ. އަދި ފެނަކައާ ހަވާލުކުރީ 25 މަޝްރޫއެވެ.
ރިއެކްޝަންސް






