"ވާރޭވެހޭހެން ނަރަކަ ބޯމައްޗަށް ފައިބާނެ" ކަމަށްބުނެ އެމެރިކާއިން ޔަމަނަށް ބޮންއަޅާ 23 މީހުން ޝަހީދުކޮށްލައިފި
އެމެރިކާއިން ޔަމަނަށް ބޮންއަޅަނީ. ފޮޓޯ: މެހްރް ނިއުސް އެޖެންސީ

"ވާރޭވެހޭހެން ނަރަކަ ބޯމައްޗަށް ފައިބާނެ" ކަމަށްބުނެ އެމެރިކާއިން ޔަމަނަށް ބޮންއަޅާ 23 މީހުން ޝަހީދުކޮށްލައިފި

1 day ago - 07:24
Mar 16, 2025 - 10:48

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްފެ އަމުރަށް އެމެރިކާއިން ޔަމަނަށް ބޮންއަޅަންފަށައިފިއެވެ. ހޫތީންނާ ދެކޮޅަށް ސިލްސިލާ ހަމަލާތަކެއް ދޭނެކަން އިއުލާންކުރިތާ ކުޑައިރުކޮޅެފަހުން އެމެރިކާއިން ޔަމަނަށް ބޮންއަޅާ ދޭންފެށި ހަމަލާތަކުގައި މިހާތަނަށް 23 މީހަކު މަރުވެފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.

މިއީ އިޒްރާއިލްއިން ޣައްޒާއަށް އިންސާނީއެހީ ވަނުން އިއާދަނުކުރާނަމަ އަލުން އިޒްރާއިލްއާ ދެކޮޅަށް ރަތްކަނޑުގެ ހަމަލާތައް ފަށާނެ ކަމަށް ހޫތީން ދިން އިންޒާރާއެކު އެމެރިކާއިން އިޒްރާއިލްއަށް ވާގިވެރިވުމުގެ ގޮތުން ދޭންފެށި ހަމަލާތަކެކެވެ. ޣައްޒާ އަށް އިންސާނީ އެހީ ވަނުން އިޒްރާއިލް އިން ހުއްޓުވާފައި އޮންނަތާ މިއީ 15 ވަނަ ދުވަހެވެ. ހޫތީންވަނީ މީގެކުރިން އިޒްރާއިލްއަށް ހަތަރުދުވަހުގެ މުހުލަތެއްދީ އިންސާނީ އެހީ އަލުން ޣައްޒާއަށް ވެއްދުމަށް ހުއްދަ ދިނުމަށް އިންޒާރުކޮށްފައެވެ.

ހޫތީން ހިންގާ ޔަމަނުގެ ހެލްތް މިނިސްޓްރީ އާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަމަނުގެ ވެރިރަށް ސަނައާ އަށް ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ 9 މީހަކުވެސް ވަނީ މަރުވެފައެވެ.

"ކަލޭމެންގެ ވަގުތު ހަމަވީ. ކަލޭމެންގެ ހަމަލާތައް ހުއްޓާލާ މިއަދުންފެށިގެން. އެހެންނޫންނަމަ, ދުވަހަކުވެސް ނުދެކޭ ފަދައަކުން ވާރޭވެހޭހެން ނަރަކަ ކަލޭމެން ބޯމައްޗަށް ފައިބާނެ" ޓްރަމްޕްގެ އަމިއްލަ މީސްމީޑިއާ މަންސް, ޓްރުތް ސޯޝަލްގައި ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement
Advertisement

ބަޔާނުގައި އިތުރަށް ބުނީ އެމެރިކާގެ އަސްކަރިއްޔާއަށް އެންމެ ބާރުގަދަ އަސްކަރީ އޮޕަރޭޝަން ހޫތީންނާ ދެކޮޅަށް ކުރިއަށް ގެންދަން އަންގާފައިވާނެ ކަމަށާއި, މަގުޞަދު ހާސިލްވަންދެން އެންމެ ނުރައްކާތެރި 'ލީތަލް' ހަތިޔާރުވެސް ބޭނުންކުރާނެކަމަށެވެ.

އަރަބިއަން ޕެނިންސިއުލާގެ ކަނޑުގެ މައިމަގު, ރަތްކަނޑާއި ގުޅިފައިވާ ޝިޕިންގ ރޫޓްތަކާއެކު ހޫތީންގެ ހަމަލާތައްފެށީ އިޒްރާއިލްއިން 2023 ވަނަ އަހަރު ޣައްޒާގައި ހިންގަފެށި ޤަތުލްއާންމާއެކު ޣާއްޒާއާއެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ.

އިރާނުން ވާގިވެރިވާ ހޫތީން ހުއްޓުވަން އެމެރިކާއިން އީރާނަށްވެސް ވަނީ އަންގާފައެވެ.

ހޫތީންގެ މީޑިއާ, އަލް މަސިރާ ޓީވީން ރިޕޯޓްކުރި ގޮތުގައި އެމެރިކާގެ ހަމަލާތައްވަނީ ޔަމަނުގެ ވެރިރަށް ސަނައާގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަރާފައެވެ. އެގޮތުން ހަތަރު މިސައިލްއެއް އުތުރު ގެރަފް ސަރަޙަށްދަށް އަރާފައިވާއިރު އެސަރަހައްދަށް ބިންހެލުމެއް އައިފަދަ ޒަލްޒަލާއެއް ވަނީ ކުރިމަތިވެފައި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow