ޔަމާލް އާއި ލެވަންޑޮސްކީއަށްވުރެ ބާސެލޯނާއަށް ޕެޑްރީ މުހިއްމު: ޓޯނީ ކްރޫސް
ކްރޫސް، ޕެޑްރީ އަދި ކްރޫސް ޔޫރޯގައި ޕެޑްރީއަށްކުރި ފައުލް

ޔަމާލް އާއި ލެވަންޑޮސްކީއަށްވުރެ ބާސެލޯނާއަށް ޕެޑްރީ މުހިއްމު: ޓޯނީ ކްރޫސް

2 days ago - 05:34
May 6, 2025 - 05:39

ޕެޑްރީއަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރު ކަމަށާއި, ލަމީން ލަމާލް، ރޮބާޓް ލެވަންޑޮސްކީ އަދި ރަފީނިއާއަށްވުރެވެސް ބާސެލޯނާއަށް މުހިއްމީ ޕެޑްރީ ކަމުަގައި ރެއާލް މެޑްރިޑްގެ ކުރީގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފިއެވެ.

ސީޒަން ނިމެން ކައިރިވެފައިވާއިރު ތިންތައްޓަައް އަމާޒު ހިފާފައިވާ ބާސެލޯނާގެ މި ތިން ކުޅުންތެރިން ވަނީ އެ ޓީމަަށް މި ސީޒަނުގައި ޖުމްލަ  86 ގޯލް ކާމިޔާބުކޮށްދީފައެވެ.

ނަމަވެސް ފާއިތުވި ސީޒަނުގައި ކުޅުމުން ރިޓަޔާކޮށްފައިވާ ކްރޫސް ގަބޫލުކުރާ ގޮތުގައި ބާސެލޯނާގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ޕެޑްރީއެވެ.

"އަހަރެން ގަބޫލުކުރާގޮތުގައި ލަމީން ޔަމާލް، ރަފީނިއާ ނުވަތަ ލެވަންޑޮސްކީ އަށްވުރެ ޕެޑްރީ ކަހަލަ ކުޅުންތެރިއެއްގެ މުހިއްމުކަން އޭނާގެ ޓީމަށް މާ ބޮޑުވާނެ. އެކުޅުންތެރިން މެޗުގެ ނަތީޖާ ކަނޑައަޅާފާނެ. އެކަމަކު އެމަގާމްގައި އެކަމަށް މަގުފަހިކުރަން މިވަގުތު ދުނިޔޭގަހުރި އެންމެ މޮޅު ކުޅުންތެރިއަކީ ޕެޑްރީ" އެންފަޗް މަލް ލުޕެން ޕޮޑްކާސްޓްގައި ޖަރުމަނުގެ ކުރީގެ ބައިނަލްއަޤުވާމީ ކުޅުންތެރިޔާ ބުންޏެވެ.

Advertisement
Advertisement

ކްރޫސް އިތުރަށް ބުނީ ޕެޑްރީއަކީ އެނާ ދަނޑުމަތީގައި ނެތްނަމަ، އެކަން ދެންތިބި މީހުންނަށް އިހްސާސްކޮށްދޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ. އޭނާ ހަމައެކަނި ގޯލްޖަހާ ނުވަތަ ގޯލްޖެހުމުގައި އެހީތެރިވަނީ ނޫންކަމަށާއި، އޭނައަކީ ހައްލުހޯދައިދޭ މީހާ ކަމުގައިވެސް ކުރޫސް ވަނީ ބުނެފައެވެ.

ފާއިތުވި ސީޒަންތަކުގައި އަނިޔާގެ މައްސަލަތަކެއެ ދިމާވެ, ކުޅުމާ ދުރުގައި ދުވަސްތަކެއް ހޭދަކުރި ޕެޑްރީ މިސީޒަނުގައި ބާސެލޯނާއަށް ކުޅެދިން 53 މެޗުން 6 ގޯލް ކާމިޔާބުކޮށްދީފައިވެއެވެ.

ޕޮޑްކާސްޓްގައި ކްރޫސް ވަނީ ޕެޑްރީއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. ޗެމްޕިއަންސް ލީގުގައި ޕެޑްރީ އެނާގެ ވާދަވެރިންނަށްވުރެ ހުރިހާ މެޗެއްގައިވެސް މޮޅުކަމަށާއި، ލަލީގާގައި އެއަށްވުރެ އަދި މާ މޮޅު ކަމުގައޮވެސް ކްރޫސް ބުންޏެވެ.

"އަހަރެން ޕަސަނަލީ އެކަން ތަޖުރިބާކުރިން. ހާއްސަކޮށް އަހަރެމެންގެ އަމިއްލަ ދަނޑުގައި އޭނަ އަހަރެމެން (މެޑްރިޑް) ރޫޅާލި. އަހަރެން އެކެއް ނޫނި ދެފަހަރަކު ހީކުރިން އޭނާ ހުއްޓުވޭނެއޭ. އެއީ އޭނާ އުޅޭއުޅުމުން ހިއެއްނުވޭ މާ ހަލުވި ކުޅުންތެރިއެއް ހެނެއް.  އެކަމަކު އެއީ ހަމަ ކުށްހީއެއް. އޭނަ ބޯޅަ ކޮއްޓުމުގެ ހުނަރަކީ ތަފާތުހުނަރެއް. ފައުލްކޮށްގެންވެސް އަހަންނަށް އޭނަ ނުހުއްޓުވުނު" 2024 ގެ ޔޫރޯގެ ކުއާޓަރ ފައިނަލްގައި ސްޕެއިން އާ ޖަރުމަނު ބައްދަލުކުރި މެޗުގައި ކްރޫސް ކުރި ފައުލަކާ ގުޅިގެން ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މުބާރާތާ އަލްވަދާއު ކީ ޕެޑްރީ އާ ގުޅޭގޮތުން ކްރޫސް ބުންޏެވެ. މެޗުގެ އެންމެ 9 ވަނަ މިނިޓްގައި ޕެޑްރީއަށް އަނިޔާވެ މުބާރާތާ އަލްވަދާއުކީ ޕެޑްރީގެ ފަރާތުން ކްރޫސް ފަހުން ވަނީ މައާފަށްވެސް އެދިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow