
ކްލަބް ވޯލްޑްކަޕްގެ ކުރިން ރެއާލުން ޓްރެންޓް އަލެކްސަންޑަރ-އާނޯލްޑް ބޭނުން:މަސްދަރު
މިއަހަރުގެ ހޫނުމޫސުމުގައި އޮންނަ ކްލަބް ވޯލްޑްކަޕްގެ ކުރިން ރެއާލް މެޑްރިޑުން ޓްރެންޓް އަލެކްސަންޑަރ-އާނޯލްޑް އެޓީމާ ގުޅެން ބޭނުންވާކަން މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެން އިން ބުނެފިއެވެ.
ހަބަރުތައް ބުނާގޮތުން ރެއާލުން މިހާރުދަނީ އާނޯލްޑް ލިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމުގެ ކުރިން ކްލަބަށް ގެނެވޭތޯ ލިވަޕޫލްއާއެކު މަޝްވަރާއަށް ދިއުމަށް ތައްޔާރުވަމުންނެވެ.
ޕްރިމިއަރ ލީގުގެ ކްލަބު ލިވަޕޫލްއިން ހޯމަ ދުވަހު ވަނީ އާނޯލްޑް މި ހޫނުމޫސުމާ ހަމައަށް ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކްލަބްދޫކޮށްދާން ބެނުންވާކަން އަންގާފައިވާކަން ހާމަކޮށްފައެވެ. ލިވަޕޫލްއިން ބުނެފައިވަނީ "އާނޯލްޑް އެންފީލްޑް ދޫކޮށްލާނީ ޖޫން 30، 2025ގައި އޭނާގެ އެއްބަސްވުން ހަމަވުމުން" ކަމުގައެވެ.
ނަމަވެސް އީއެސްޕީއެންއިން ރިޕޯޓުކުރި ގޮތުގައި ރެއާލުން އޭގެކުރިން އާނޯލްޑް އެކްލަބަށް ހިލޭ ޓްރާންސްފަރ ގައި ގެންދެވޭނެ ކަމާމެދު އުއްމީދު ބޮޑެވެ. އަދި އާނޯލްޑްގެ އެޖެންޓާއެކު ރެއާލުން މަޝްވަރާތައް ކުރިއަށްގެންދާތާ ގިނަ ދުވަސްތަކެއެ ވެފައިވާކަމަށާއި، މިހާރު އޮތީ އެއްބަސްވުމުގެ ފަހު ތަފްޞީލްތަށް ކަމުގައިވެސް އީއެސްޕީއެން އިން ވަނީ ބުނެފައެވެ. މަސްދަރުރަކުން ބުނޮގޮތުގައި ރެއާލްއާއެކު އާނޯލްޑް މިހާރުވަނީ އަނގަބަހުން އެއްބަސްވުމަކަށް އައިސްފައެވެ. އަލި ލިވަޕޫލުން އެއްބަސްވާނަމަ ޕްރިމިއަރ ލީގު ސީޒަން ނިމުމުން ރެއާލާ ގުޅުމަށް އާނޯލްޑް ތައްޔާރަށް ހުރިކަމަށްވެސް މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެންގައި ރިޕޯޓްކޮށްފައި ވެއެވެ.
ރެއާލްގެ ޑިފެންސަށް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ހާއްސަކޮށް އޮކްޓޯބަރު މަހު ކަނާތުބެކް ޑެނީ ކަވަހާލްގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށްގޮސްފައިވާއިރު، ކަނާތު ބެކެއް ހޯދުމަކީ ރެއާލުން މުހިއްމު އިސްކަމެއް ދޭ ކަމެކެވެ.
ނަމަވެސް، ލިވަޕޫލުން ރެއާލްގެ މި ހުށަހެޅުމަށް އޮތީ އާނ ބަސްބުނާކަހަލަ ގޮތަކަށް ނޫން ކަމުަގައި ރިޕޯޓްތަށް ބުނެއެވެ. އެހެންކަމުން ރެއާލުން މިހާރުއޮތީ އެއްބަސްވެވޭ އަގަކާއެކުވެސް އާނޯލްޑް ރެއާލުން އެދޭ ތާރީހަކަށް ދޫކޮށްދޭތޯ ލިވަޕޫލްއާއެކު މަޝްވަރާއަށް ދިއުމަށް ތައްޔާރަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އެހެންވެއްޖެނަމަ ކުޅުންތެރިޔާއަށް ޖޫން މެދުތެރޭގައި ރެއާލްއާއެކު ކްލަބް ވޯލްޑްކަޕަށް އެމެރިކާއަށް ދަތުރުކުރެވޭނެއެވެ.
ރިއެކްޝަންސް






