ޗައިނާ ސަފީރު މަޖިލީހުގެ ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޗައިނާ ސަފީރު މަޖިލީހުގެ ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

3 hours ago - 17:07
Advertisement
Advertisement

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިންހުއާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ ގުޅޭގޮތުންނާއި، މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ބެލެވެއެވެ. ނަމަވެސް، މި ބައްދަލުކުރެއްވުމާ ގުޅޭ އިތުރު ތަފްސީލެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެއެވެ.


މަޖިލީހުގެ އިދާރާއިން ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކޮށް ބުނެފައިވަނީ، މިއީ ޗައިނާ ސަފީރު މަޖިލީހުގެ ނައިބު ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއް ކަމަށެވެ.


މި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމްގެ އަރިހުގައި، މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


މި ދުވަސްވަރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް އަޙްމަދު ސަލީމް، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވައި، ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދަވާ ދުވަސްވަރެކެވެ. ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއަކަށް ވާއިރު، މަޖިލީހުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement