ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭން ޔުނިސެފްއިން އަލުން ފެށިނަމަވެސް ވެކްސިން ސެންޓަރަށްވެސް އިޒްރާއިލްއިން ހަމަލާދެނީ
ޣައްޒާގައި ޕޯލިއޯ ވެކްސިން ދިނުން ކުރިއަށްދަނީ. ފޮޓޯ: ޑަބްލިއުއެޗްއޯ

ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭން ޔުނިސެފްއިން އަލުން ފެށިނަމަވެސް ވެކްސިން ސެންޓަރަށްވެސް އިޒްރާއިލްއިން ހަމަލާދެނީ

ޔުނިސެފް އިން މަޢުލޫމާތު ދޭ ގޮތުގައި އިޒްރާއިލްއިން އުތުރު ޣައްޒާގެ ފޯލިއޯ ވެކްސިންދޭ ސެންޓަރަށް ދިން ހަމަލާގައި ހަތަރު ކުޑަކުދިން ހިމެނޭހެން ހަ މީހަކު ވަނީ ޒަޚަމްވެފައި.

18 days ago - 17:32
Nov 3, 2024 - 18:35

އދ ގެ ކުޑަކުދިންނާ ގުޅޭ އިމަޖެންސީ ފަންޑު, ޔުނިސެފްއިން އަނެއްކާވެސް ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭން ފަށައިފިއެވެ. އުތުރު ޣައްޒާގެ ސަރަޙައްދުތަކުގައި ކޭމްޕްކޮށްގެން ވެކްސިން ކުރިއަށް ގެންދަނިކޮށް ވެކްސިން ދެމުންދިޔަ ކޭމްޕަކަށް އިޒްރާއިލްއިން ވަނީ ހަމަލާ ދީފައެވެ. އުތުރު ޣައްޒާގެ ކްލިނިކަކަށް އިޒްރާއިލްއިން ދިން ޑްރޯން ހަމާލާގައި ހަތަރު ކުޑަކުއްޖަކު ވަނީ ޒަޚަމްވެފައެވެ. ވެކްސިން ދޭން ފަށާފައިވެސް ވަނީ ހަމަލާތަކާއެކު ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދަން ދަތިވާނެކަމަށް ބެލެވިފައި ވަނިކޮށެވެ. ނަމަވެސް ޕޯލިއޯ ވެކްސިން ފުރިހަމަ ކުރުމަކީވެސް މިވަގުތު އެޖެންސީއަށް މަޖުބޫރުވެފައިވާ ކަމެކެވެ.

ޔުނިސެފުން ބުނެފައިވަނީ ވެކްސިން ދިނުން ލަސްވެއްޖެނަމަ އެކަމުގެ ސަބަބުން އެތައް ކުދިންނެއް މަރުވެ, ނުވަތަ ވާގިނެތިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އުތުރު ޣައްޒާގެ ހާލަތު ގޯސްވެފައިވުމުގު ސަބަބުން ވެކްސިން ދޭން ނުފެށި މިހާރުވެސް އެކަށީގެންވާ ވަރަށްވުރެ މާބޮޑަށްވެސް ލަސްވެއްޖެ ކަމުގައި ޔުނިސެފުން ވަނީ ބުނެފައެވެ.

ޣައްޒާގައި ޕޯލިއޯ ވެކްސިންގެ ފުރަތަމަ މަރުޙަލާ ކުރިއަށް ގެންދިޔައީ ސެޕްޓެމްބަރު މަހުއެވެ. އެފަހަރު 10 އަހަރުން ދަށުގެ 560,000 ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދީފައިވެއެވެ. މިހާރު ކުރިއަށް ގެންދަން ފަށާފައިމިވަނީ ވެކެސިންގެ ދެވަނަ އަދި ފަހު ޑޯޒެވެ.

"ޕޯލިއޯ ކެމްޕޭންއަކީ މިވަގުތަށް ވަރަށް މުހިއްމު ކަމެއް. އަހަރެމެން ކުދިންގެ ފުރާނަ ސަލާމަތްކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދާއިރު, އަނެއްކޮޅުން އެދަނީ ކޮންމެ ދުވަހަކުވެސް އެއްވެސް ރަޙްމެއްނެތި އެކުދިން މަރަމުން. ހަމަލާތައް ހުއްޓާލަންދެން އެކަން އޮންނާނީ އެހެން. ހަމަލާތައް ހުއްޓާލުމަކީ މިވަގުތަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް" އަންރްވާގެ ފަރާތުން ވެކްސިން ދިނުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު އަލްޖަޒީރާއަށް ބުނެފައިވެއެވެ.

Advertisement
Advertisement

އދ ން މިވަގުތު އުތުރު ޣައްޒާގައި ތިބި 119,000 ކުދިންނަށް ވެކްސިން ދިނުމަށް އަމާޒުކޮށްފައި ވީނަމަވެސް ކުދިންނާ ހަމައަށް ވާޞިލްވުމުގައި ހުރި ގޮންޖެހުންތަކާއެކު އެކަން ޙާސިލްކުރެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އދ ގެ 216 ޓީމެއް މިވަގުތު ޣައްޒާގެ 106 ސަރަޙަދެއްގައި ވެކްސިން ދިނުމުގައި ވަނީ ހަރަކާތްތެރިވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow