
ހަމަލާތައް އަލުން ފެށިފަހުން ޣައްޒާގައި 500 ކުޑަކުދިން ޝަހީދުކޮށްލައިފި: އޮފިޝަލް
އިޒްރާއިލްއިން ޣައްޒާގައި މާރިޗު 18 ވަނަ ދުވަހު އަލުން ހަމަލާތައް ފެށިފަހުން 1500 މީހުން ޝަހީދުކޮށްލާފައިވާއިރު, އޭގެތެރެއިން 500 އަކީ ކުޑަކުދިން ކަމުގައި ޣައްޒާގެ މަދަނީ ދިފާއުގެ އޮފިޝަލުން ބުނެފިއެވެ.
"އިޒްރާއިލްއިން އިން ހުއްޓުމެއްމެރި ބޮންއަޅަމުމްދާއިރު ހަމަލާތަކުގައި މަދުވެގެން 500 ކުޑަކުދިންގެ ފުރާނަ ވަނީ ގެއްލިފައި" މަދަނީ ދިފާއުގެ ތަދުޖަމާނު މަޙްމޫދް ބަސަލް އަލްޖަޒީރާއަށް ބުނެފައި ވެއެވެ.
މީގެ ދެ ދުވަސް ކުރިން އދ ން ވެސް ޣައްޒާ ސިފަކޮށްފައިވަނީ "ޤަތުލްގެ މައިދާނެއްގެ" ގޮތުގައެވެ.
މިއަދު އެކަނިވެސް އިޒްރާއިލްގެ ވައިގެ ހަމަލާތަކުގައި ހަ މީހަކު މަރާލާފައިވާއިރު, ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 20 ށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ޣައްޒާގެ އެކި ހިސާބުތަކަށް ދެމުންގެންދާ ހަމަލާތަކުގައި ކުޑަކުދިން ވަރަށް ބޮޑަށް ޒަޙަމްވެފައިވާ މަންޒަރުވެސް ވަނީ ފެނިފައެވެ. އެކްސް އަދި އިންސްޓަގްރާމް ރީލްތަކުގައި ދައުރުވާ ވީޑިއޯތަކުގައި އެތައް ތުއްތުކުދިންގެ ހަށިގަނޑު ލެއިން ކަޅިވެފައިވާއިރު އެ ހަށިތަކުގެ އެތައްމިތަން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
ޣައްޒާގެ ހޮސްޕިޓަލްތައް ޒަހަމްވެފައިވާ މީހުންނާއެކު ފުރިފައިވާއިރު ހޮސްޕިޓަލްތަކުގައި އެކަށޭނެ ފަރުވާ ލިބޭނެ ގޮތެއް އަދި ވަޞީލަތެއްވެސް ނެތެވެ.
ރިއެކްޝަންސް






