ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތަކަށް ޖަވާބުދާރީ ކުރުވަންޖެހޭ: ރައީސް

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތަކަށް ޖަވާބުދާރީ ކުރުވަންޖެހޭ: ރައީސް

ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނީ އިންސާނިއްޔަތުކަމަށާއި، ސުލްޙައަށާއި، ޢަދުލު އިންސާފަށެވެ.

17 days ago - 19:57
Advertisement

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތަކަށް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހުރިއްޔާ ވަނީ ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމުގެ މުޢާހަދާ ތަންފީޒުކުރުމާ ގުޅޭ މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓު އޮފް ޖަސްޓިސްގެ ގާނުޏުގެ 63 ވަނަ މާއްދާގެ ދަށުން ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ކުރިއަށްގެންދާ މައްސަލައަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ޤާނޫނުގެ ވެރިކަން ދެމެހެއްޓެންޖެހޭނެ ކަމަށާއި އިސްރާއީލުން ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތައް ހުއްޓާލަންޖެހޭ ކަމަށެވެ.

"ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނީ އިންސާނިއްޔަތުކަމަށާއި، ސުލްޙައަށާއި، ޢަދުލު އިންސާފަށެވެ. އަދި މިގޮތުން ފަލަސްޠީނު ރައްޔިތުންނަށް ތާއީދުކުރުން ކުރިއަށް ގެންދާނެއެވެ. 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް، އިރުމަތީ ޖެރޫސަލަމް އޭގެ ވެރިރަށް ކަމުގައި ބަލައިގެން، ފަލަސްޠީނު ދައުލަތެއް ޤާއިމުކޮށް ބަލައިގަންނަންޖެހެއެވެ." ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު، ނަސްލު ނައްތާލުމުގެ އަމަލާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުގައި އެންމެ ބޮޑަށް އަޑު އުފުލަމުން އަންނަނީ ދިވެހި ސަރުކާރުންނެވެ.  

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement