މަސްތުވާތަކެއްޗާއެކު ބާރަށުން ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި މައްސަލާގައި ބާރަށުން ހައްޔަރުކުރި ދެ މީހުން / ފޮޓޯ: ފުލުހުން

މަސްތުވާތަކެއްޗާއެކު ބާރަށުން ދެ މީހަކު ހައްޔަރުކޮށްފި

4 hours ago - 16:37
Aug 4, 2025 - 17:01
Advertisement
Advertisement

ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި އެރަށުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރަދުގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.  

ފުލުހުން ވިދާޅުވީ ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށު، ކަރނޭޝަންވިއު، އުމުރުން 37 އަހަރުގެ އަބްދުﷲ ފަޞީޙް އާއި ހއ. ބާރަށު، ކަރނޭޝަންވިއު، އުމުރުން 34 އަހަރުގެ އިބްރާހީމް ކަލީމް ކަމަށެވެ.

މި އޮޕަރޭޝަންގައި އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި، އަދި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 5.96 ގުރާމު ހުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Advertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ފަޞީޙް 15 ދުވަހަށް އަދި އިބްރާހީމް ކަލީމް 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލަ މިހާރު ވެސް ބާރަށު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement