
އަދީބު ޕާޓީ އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމައިފި
ކުރީގެ ނައިބުރައީސް އަހުމަދު އަދީބް އިސްވެ ހުންނަވާ ޕާޓީ މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އުވާލަން ނިންމިކަން އިލެކްޝަން ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ވިދާޅުވީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އުވާލަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން އެދިފައިވަނީ މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، މިމަހުގެ ނިޔަލށް އެކަން އެ ޕާޓީއަށް ހުށަހަޅާ ނިންމުމަށެވެ.
އެމްޓީޑީ އަކީ 3000 މީހުން ހަމަވާ ޕާޓީއެއް ނޫނެވެ. އަދި ޕާޓީގެ ލީޑަރު އަދީބު ދިރިއުޅެނީ ރާއްޖެއިން ބޭރުގައެވެ. ޕާޓީގެ ހަރަކާތްތަކެއްވެސް ނޯވެއެވެ. އިލެކްޝަން ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން އެޕާޓީގައި ތިބީ 2272 މެމްބަރުންނެވެ.
ރިއެކްޝަންސް






