ޑާވިން ނުނޭޒް އަލް-ހިލާލް އާ ގުޅުނުކަން ލިވަޕޫލްއިން ކަށަވަރުކޮށްދީފި
ޑާވިން ނުނޭޒް. ކުރިއަށް އޮތް ސިޒަންގައި ފެންނާނީ ސައުދީ ޕްރޯ ލީގުން. ފޮޓޯ: ބީބީސީ

ޑާވިން ނުނޭޒް އަލް-ހިލާލް އާ ގުޅުނުކަން ލިވަޕޫލްއިން ކަށަވަރުކޮށްދީފި

13 hours ago - 11:14
Aug 10, 2025 - 11:17

ލިވަޕޫލްއަށް ކުޅެމުން އައި އުރުގުއާއީގެ ފޯވާޑް ޑާވިން ނުނޭޒް ސައުދީ ޕްރޯލީގުގެ ކްލަބް އަލް-ހިލާލްއަށް ބަދަލުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއްނިމިފައިވާކަމަށް ލިވަޕޫލްއިން ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން 26 އަހަރުގެ ކުޅުންތެރިޔާ އަލް-ހިލާލްއަށް ބަދަލުވެފައިވަނީ 53 މިލިއަން ޔޫރޯ (62 މިލިއަން އެމެރިކާ ޑޮލަރު)އަށެވެ.

"ލިވަޕޫލް ފުޓްބޯޅަ ކަލްބުން ޔަޤީންކަން އަރުވަން ޑާވިން ނުނޭޒް އަލް-ހިލާލް އާ ގުޅުމަށް ކުރަންޖެހޭ ހުރިހާކަމެއް ކްލަބުގެ ފަރާތުން ފުރިހަމަކޮށްފައިވާކަމަށް. މި ކްލަބާ އެކު އޭނާ ހޭދަކުރި ތިން އަހަރު ނިމި ސަައުދީ ޕްރޯ ލީގުގެ އަލް-ހިލާލް އާަ އޭނާ ވަނީ މިހާރު ގުޅިފައި" ކްލަބުން ބުނެފައި ވެއެވެ.

ކްލަބުން ވަނީ ލިވަޕޫލްގައި ނުނޭޒް ހޭދަކުރި މުއްދަތަށާއި ކަލްބަށް ކޮށްދިން ހިދުމަތަށް ލިވަޕޫލްގެ އެންމެހާ ފަރާތްތަކުގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ. އަދި ނުނޭޒް އަށާއި އޭނާގެ އާއިލާއަށް ކާމިޔާބީއަށް އެދޭކަމުގައިބެސް ކްލަބުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެެ.

Advertisement
Advertisement

2022 ވަނަ އަހަރު ޕޯޗުގަލްގެ ބެންފީކާއިން ލިވަޕޫލްއަށް ނުނޭޒް ބަދަލުވީ 42 މިލިއަން ޔޫރޯގެ އަގަކަށެވެ.

ލިވަޕޫލްއާއެކު ހޭދަކުރި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ވަނީ 143 މެޗުން 40 ގޯލް އެ ކްލަބަށް ކާމިޔާބުކޮށްދީފައެވެ. އެކަމަކު ލިވަޕޫލްއިން ފާއިތުވި ސީޒަނުގައި ލީގު އުުލާލިއިރު ފުރަތަމަ އެގާރައިން ނުނޭޒް ފެނިގެން ގޮސްފައިވަނީ އެންމެ އަށް މެޗުންނެވެ. 

އަލް-ހިލާލްއާ އޭނާ ގުޅުނު އިރު އެލީގުގެ އަލް-ނަޞްރުންވެސް ފާއިތުވި ޖެނުއަރީ މަހު އޭނާއަށް ވަނީ 60 މިލިއަން ޔޫރޯގެ ހުށަހެޅުމެއްވެސް ހުށަހަޅާފައެވެ. ނަމަވެސް ސީޒަންގެ މެދުތެރެއިން ކުޅުންތެރިޔާ ވިއްކާލަށް ބޭނުންނޫންކަމަށް ބުނެ ލިވަޕޫލްއިން އޭރު ވަނީ ބިޑަށް ނޫނެކޭ ބުނެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow