ނުރައްކާތެރިކޮށް ކާރު ދުއްވާ ފުލުހުންގެ ސައިކަލްގައި ޖެއްސި މައްސަލައިގައި ހައްޔަރުކުރީ 18 އަހަރުގެ ޒުވާނެއް

ނުރައްކާތެރިކޮށް ކާރު ދުއްވާ ފުލުހުންގެ ސައިކަލްގައި ޖެއްސި މައްސަލައިގައި ހައްޔަރުކުރީ 18 އަހަރުގެ ޒުވާނެއް

ހައްޔަރުކުރި އަންހެން މީހާ ވަނީ ދޫކޮށްލާފަ

8 months ago - 11:02
Aug 10, 2025 - 11:02
Advertisement
Advertisement

ނުރައްކާތެރިކޮށް ކާރު ދުއްވާ ފުލުހުންގެ ސައިކަލްގައި ޖެއްސި މައްސަލައިގައި ހައްޔަރުކުރީ 18 އަހަރުގެ ޒުވާނެއްކަމަށް ފުލުހުން ބުނެފިއެވެ. މިމައްސަލައިގައި ހައްޔަރުކުރީ ކާރު ދުއްވި ހ.ފިލިމާގެ  އައިކް ހައިޝަމް ޙަސަން (18އ) އެވެ.

ކާރު ދުއްވި އައިކްގެ އިތުރުން އެކާރުގައި އިން އިތުރު އަންހެނަކުންވެސް ފުލުހުން ހައްޔަރުކުރިއެވެ. އެކަމަކު އަންހެން މީހާ ފުލުހުން ވަނީ ދޫކޮށްލާފައެވެ. ކާރު ހުއްޓުވާ އެދެމީހުން ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 އަދި 2 ގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ކާރު ދުއްވާތީ ހުއްޓަން ފުލުހުން އެންގުމުންވެސް ނުހުއްޓާ, ފުލުހުންގެ ސައިކަލްގައި ޖެއްސުމުންނެވެ.

ފުލުހުންގެ ސައިކަލްގައި ޖެއްސުމުން ސައިކަލްގައި ތިބި ދެ ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދިނެވެ. ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އިތުރު ފަރުވާއަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މައސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement